Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޔޫއޭއީ،ތައިލޭންޑަށް އާސަންދަ ހިދުމަތް ފުޅާކުރިޔަސް ހިދުމަތް ލިބޭ މީހުންގެ އަދަދު މަދުނުވާނެ: ވަޒީރު

ޔޫއޭއީ،ތައިލޭންޑަށް އާސަންދަ ހިދުމަތް ފުޅާކުރިޔަސް ހިދުމަތް ލިބޭ މީހުންގެ އަދަދު މަދުނުވާނެ: ވަޒީރު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޔޫއޭއީއާއި ތައިލޭންޑަށް އާސަންދައިގެ ހިދުމަތް ފުޅާކުރިނަމަވެސް, މިހާރު ހިދުމަތް ލިބެމުން އަންނަ މީހުންގެ އަދަދަށް އެ ހިދުމަތް ލިބޭނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ހާޒިރުކޮށްފައިވަނީ އާސަންދަ ހިދުމަތްތައް އެ ދެ ގައުމަށް ފުޅާކުރުމާ ގުޅޭ ގޮތުން އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ހޯދުމަށެވެ. ރޮޒައިނާގެ ސުވާލުގައި ވަނީ މި ހިދުމަތް ފުޅާކުރުމުން އިންޑިއާއަށް ވުރެ ހިދުމަތުގެ އަގުބޮޑުވާނެތޯއާއި ހިދުމަތް ލިބޭ މީހުންގެ އަދަދު މަދުވެދާނެތޯ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ, މި ބަދަލާއެކު ހިދުމަތް ދޭނެ މޮޑެލްތަކާއި ކަވަރު ކުރާނެ ހިދުމަތްތަކާއި ހަރަދު ހަމަޖައްސާނެ ގޮތް އަދި އަންނަނީ މަޝްވަރާ ކުރަމުން ކަމަށާއި މިހާތަނަށް އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް, ހިދުމަތް މި ގޮތަށް ބަދަލުކުރިނަމަވެސް ހިދުމަތް ލިބޭ މީހުންގެ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވެވި އެވެ. "މި ބަދަލާއެކުގައި ވެސް އާސަންދައިގެ ދަށުން ހިދުމަތް ލިބޭ މީހުންގެ އަދަދަކަށް ބަދަލެއް ނާންނާނެ. ހިދުމަތް ދޭނެ މޮޑިއުލްތަކާއި ކަވަރުކުރާނެ ހިދުމަތްތަކާއި ހަރަދު ހަމަޖައްސާނެ ގޮތުގެ މަޝްވަރާ ދަނީ ކުރެވެމުން." ވަޒީރު ވިދާޅުވިއެވެ.  ޔޫއޭއީއާއި ތައިލޭންޑަށް ހިދުމަތް ފުޅާކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވި ދުވަސްވަރުގައެވެ. ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގެންނެވި ދުވަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, އާސަންދައަކީ ހަމައެކަނި ވަކި ދިމާއެއްގައި އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ ހިދުމަތަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް