Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސޯލިހު ވިދާޅުވީ އަނިޔާވެރިކަން އިޔާދަވާތަން ފެންނަން ފަށައިފި ކަމަށް

ސޯލިހު ވިދާޅުވީ އަނިޔާވެރިކަން އިޔާދަވާތަން ފެންނަން ފަށައިފި ކަމަށް

އަނިޔާވެރިކަން އަލުން އިޔާދަވާން ފަށައިފި ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު  ސަރުކާރަށް މިރޭ ފާޑު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުގައި, މަގު ހެދުމަށް އުފެއްދި އާރްޑީސީ ކުންފުނިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރުވާން އެންގި އެންގުމާއެކު އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ސަރުކާރާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

އެ ބޭފުޅުންގެ ވިދާޅުވާ ގޮތުގައި ފައްޔާޒު ފުލުހަށް ހާޒިރުކުރަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެންނެވެ. އަދި އެކަމުގެ ފަހަތުގައި އޮތީ ސިޔާސީ ގޮތުން އިދިކޮޅުގެ އަޑު ކަނޑުވާލުން ކަމަށްވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.

Advertisement
HDC — Sidebar (box)

އެ މައްސަލައިގެން ތެރެއަށް ވަދެވަޑައިގެން ''އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ އެޑްވައިޒަރު ސޯލިހު ވިދާޅުވީ އެއްވެސް އަސާސެއްނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ ކުރީގައިވެސް ދުށް އަނިޔާވެރިކަން ކަމަށެވެ.

''ގާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ'' ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާ ދިޔަ ކަންތައްތަކަށް އިޝާރާތް ކުރައްވާ ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަނިޔާވެރި ނުވެވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށެވެ.

އާރްޑީސީގެ މައްސަލާގައި ފައްޔާޒު ފުލުހަށް ހާޒިރުވާން ޖެހެނީ މާދަމާ މެންދުރު ތިނެއް ޖަހާއިރަށެވެ. ހާޒިރުވާން ފޮނުވި ޗިޓް ''އެކްސް'' ގައި ހިއްސާކުރައްވާ ފައްޔާޒު ވިދާޅުވީ، ފުލުހަށް ހާޒިރުކުރަން އެންގުމަކީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުން ކަމަށެވެ.

''އާރުޑީސީއިން ހިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލަ އަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން. އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން'' ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް އެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް