ޚަބަރު

އިގްތިސޯދު ރަނގަޅުވާ ވަރަކުން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރާނަން: ރައީސް

އައިކާ ޔުނާން ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ރިޔާސަތުގައި ރައީސް/ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވަމުންދާ މިންވަރަކަށް ބަލައި, ހުރިހާ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ވީ ވައުދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަކުރާރު ކުރައްވައިފިއެވެ.

Ads by Hajj Corporation

ރައީސް އޮފީހުން ކޮންމެ ދުވަހަކު ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ގައި ފުވައްމުލަކު ސިޓީ, އަލީ ޝަފީއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, ސަރުކާރުން ވައުދުވެފައި އޮންނާނީ ގައުމުގެ އިގްތިސޯދު ހަރުދަނާ ވަމުންދާ މިންވަރަކު އެކަން ކުރާނެ ކަމަށެވެ.

އަދި މިހާރު ބައެއް މުއައްސަސާތަކުގެ މުސާރަ ބޮޑުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ މި މާޗު މަހުން ފެށިގެން ބޮޑުކުރެވުނު ފުލުހުންނާއި ސިފައިންގެ މުސާރައެވެ.

"އާމްދަނީ ލިބޭ މިންވަރަކުން އިގްތިސޯދު ކޮޅަށް ޖެހޭ މިންވަރަކުން ކުރަމުން ދާނަމޭ. މިހާރު އެ ވަނީ ބައެއް ދާއިރާތަކުން މުސާރަ ބޮޑު ކުރެވިފައި. ޕޭ ހާމަނައިޒޭޝަން ކުރެވިފައި. ފުލުހުންނާއި ސިފައިން އަދި އެހެން  ދާއިރާތަކުގައި ވެސް," ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެގޮތަށް ކުރިއަށް ގެންގޮސް, އިގްތިސޯދު ހަރުދަނާ ވަމުންދާ މިންވަރަކުން އެކަން ކޮށްދެއްވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!