ޕީއެންއެފަކީ ޖަމީލުގެ ޕާޓީއެއް ގޮތަށް ސިފަކުރާތީ، ޒޭން ރައްދު ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އަކީ އެމަނިކުފާނުގެ ވަކީލު ޑރ މުހައްމަދު ޖަމީލުގެ ޕާޓީއެއްގެ ގޮތުގައި ސިފަކުރާތީވެ އެ ޕާޓީގެ މުއައްސިސް ރައްދު ދެއްވައިފިއެވެ.
ޕީއެންއެފް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ހަމަކޮށް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީނީ ބުރާސްފަތި ދުވަހުއެވެ.
ޔާމީން، ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
ޕީއެންއެފްގެ މިހާރު ލޯގޯގެ އިތުރުން އެހެން ލޯގޯއެއްގެ ފޭސްބުކްގައި ޕޯސްޓުކުރުމަށް ފަހު މީހަކު ވަނީ އެތަނުން ޖަމީލު އުފައްދަން އުޅޭ ޕާޓީގެ ލޯގޯ އަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.
އެ ޕޯސްޓަށް ރައްދު ދެއްވަމުން ޒޭން ވިދާޅުވީ އެ ޕާޓީ އަކީ މައިންބަފައިގެ ހައްގުގައި، ބައްޕާފުޅު ޔާމީނަށް އަނިޔާ ލިބެމުންދާތީވެ އުފެއްދި ޕާޓީއެއް ކަމަށެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpermalink.php%3Fstory_fbid%3Dpfbid02D6TppSauY25xaLo2iBq9nhSxS6rGSDqn1tUYpCYR6H2WKinGqZMtZGa3XsUUGPoYl%26id%3D100009528682793&show_text=true&width=500" width="500" height="250" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>
''ރައީސް ޔާމީނަށް ސިޔާސީ ގޮތުން އަނިޔާ ދޭތީ. ސާފުވެއްޖެ ކަމަށް އުއްމީދުކުރަން'' ޒޭން ވިދާޅުވިއެވެ.
ޕީއެންއެފުން ބުނީ އެ ޕާޓީވެގެން އަދި ގައުމީ މަސްލަހަތު އިސްކޮށް އިސްލާމްދީން ކުރިއަރުވާނެ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން އެ ޕާޓީން އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމަށް ޕާޓީގެ ބައްދަލުވުން ބާއްވާން ހުއްދަ ލިބުނު ދުވަހު ބޭއްވި ޕްރެސް ބްރީފިންގައި ކުރިގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވިއެވެ. މަލީހު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު އެކުލެވިގެންދާނީ އެ ސިޔާސަތުގެ މައްޗަށް ކަމަށެވެ.
ޕީއެންއެފް އުފައްދާ ބައްދަލުވުން ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.







ކޮމެންޓް