Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަނިޔާކުރާ އިތުރު ވީޑިއޯތަކެއްގެ މައްސަލަ ފުލުހުން ބަލަނީ

އަނިޔާކުރާ އިތުރު ވީޑިއޯތަކެއްގެ މައްސަލަ ފުލުހުން ބަލަނީ

ރޭ އއ. ރަސްދޫގެ މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމަށް ބެލެވޭ ދެ ކުދިން، އިތުރު ކުދިންނަށް އަނިޔާކުރާ ވީޑިއޯތަކެއް ދައުރުވަމުންދާތީވެ އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ތަރާވީސް ނަމާދު ކުރިއަށް ދިޔަ ގަޑީގައި ކުއްޖަކަށް އަނިޔާ ދިން ދެ ކުދިން ފުލުހުން ވަނީ ދެނެގަނެފައެވެ. އެއީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ. އެ މައްސަލަ ސީރިޔަސް މައްސަލައެެއްގެ ގޮތުގައި ފުލުހުން ދަނީ ބަލަމުންނެވެ. ފުލުހުންނާއި ޖެންޑާގެ ޓީމަކުން ދަނީ އަނިޔާކުރި މައްސަލަ ތަހުގީގު ކުރަން އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

އަނިޔާކުރި ކަމަށް ބެލެވޭ ކުދިންގެ ތެރޭ ހިމޭނޭ ކުއްޖަކު އެހެން ކުއްޖެއްގެ ވީޑިއޯއެއް ފޭސް ބުކް ގައިގައި ދަނީ ދައުރުކުރުވަމުންނެވެ. އެ ވީޑީއޯއިން ފެންނަނީ ކުއްޖެއްގެ ގައިގައި ފައިން ޖަހާ މަންޒަރު ފެނެއެވެ.

Advertisement
Allied Insurance — Square (box)

އެ ވީޑިއޯގެ މައުލޫމާތު ފުލުހުންގެ ސަމާލުކަށް އައިސްފައިވޭތޯ ''ދެން'' އިން ސުވާލުކުރުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ރޭ ވީޑިއޯއިން ފެނުނު ކުދިންނަށް ގުޅޭ އިތުރު މައުލޫމާތުތަކެއް ލިބެމުންދާ ކަމަށެވެ.

''އަޅުގަނޑުމެންނަށް އެބަ ލިބޭ އެ ވީޑިއޯއިން ފެންނަ ކުދިންނާ ގުޅިގެން އެކި ކަހަލަ މައުލޫމާތު އެއް ވީޑިއޯއެއް އެކަންޏެއް ނޫން'' ސުޕްރިންޑެންޓް އޮފް ޕޮލިސް ޝިފާން ވިދާޅުވިއެވެ. އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީވެ އިތުރު މައުލޫމާތު ޝިފާން ހިއްސާއެއް ނުކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް