ފުލް އެނާޖީގައި މުސްތޮ ނިކުމެ ހުރީ މާފަންނު ހުޅަނގު ބަދަލުކޮށްލަން!
                                                    އުމުރުން ކުޑަކޮށް ދޮއްޓަސް އެއީ ވަރަށް ކޫލް މީހެކެވެ. ވިސްޑަމްއާއެކު ލިބުނު ކޫލް ކަމަކަށް ވެސް ވެދާނެއެވެ. ތެދުވެރި އިޚްލާސްތެރިއެކޭ އެކުގައި މީހުން ބުނެ އުޅެއެވެ. އަހަންނާ މުސްތޮ އާ ދިމާވީ އެންމެ ފަހަރަކުއެވެ. އެހެންވެ ކެރެކްޓަރ ޑިފައިން ކުރަން ދޫކޮށްލާނީ ގާތް މީހުންނަށެވެ. އަހަރެން ކިޔައިދޭނީ އަހަންނަށް މުސްތޮ ފެނުނު ގޮތެވެ. އިނގުނު ގޮތެވެ. އެންމެ ފަހަރަކު ދިމާވެގެން, 'އާނ.. މިއީ މިމަޖިލީހުގައި އިންނަން ޖެހޭ މީހެއް ކަމަށް' އަހަންނަށް ފައިސަލާ ކުރެވުނު ގޮތެވެ.
"ދެން"ގެ 'ގެޓް ޓު ޔޯ ޔުއަރ ކެނޑިޑޭޓްގެ ފުރަތަމަ އެޕިސޯޑަށް އަރަން އެއްބަސްވި މީހަކީ, މި ހިނގާ މަހު އޮންނަ މަޖިލިސް އިންތިޚާބުގައި މާފަންދު ހުޅަނގު ދާއިރާއަށް ސަރުކާރުގެ ފަރާތުން ކެނޑިޑޭޓް މުޙައްމަދު މުޞްތަފާ އިބްރާހިމެވެ. އަވަށު މީހުން ދަންނަ ނަމުންނަމަ އިމްނާ މުސްތޮއެވެ.
މި ޕްރޮގްރާމްގައި ބޮޑަށް އަހަރެމެން ބޭނުންވީ މުސްތޮގެ ޕާސަނަލް ސައިޑް ބަލާލާށެވެ. މުސްތޮއަށް މިލިޔުން ފެނިއްޖިއްޔާ ކިޔާނެ އެއްޗެއް ވެސް ނޭނގެއެވެ. ދިވެހި ޓީޗަރަކަށް އުޅެފައިވާ މީހެއް ކަމުން, ވީޑިއޯ ނަގަން ހޭދަވި 30 މިނެޓްގެ ތެރޭގައި އަހަންނަށް ބަހުގެ ހަމަތަކުގެ ތެރެއިން ފަސް ކަމެއް ކިޔައިދިނެވެ. އަހަރެން މާ ދަށީކީ ނޫނެވެ. މުސްތޮ ހަމަ މޮޅީއެވެ. ވީޑިއޯ ތިބޭފުޅުންނަށް ދޫކޮށްލާނަމެވެ.
ވީޑިއޯ ބަލާލުމުން އަހަންނަން ކުރެވުނު ކަހަލަ އިހްސާސެއް ވިހެއްޔެވެ? ނުވިނަމަ ބްލޭމް ކުރަންވާނީ ވީޑިއޯ ނެގި މީހާއަށާއި ޕްރޮޑިއުސަރަށެވެ.
ދެން މި ޖެހިލަނީ މުސްތޮގެ ކުޑަ ތައާރަފަށެވެ. ކުޑަކޮށް ބޯރިން ވެދާނެއެވެ. ދާއިރާއަށް ވޯޓް ލެވޭ މީހެއްނަމަ ކިޔާލަންވާނެވެ. ޗޫޒް ކުރަންވާނީ ވަރަށް ބަލާފައި ނޫންތާއެެވެ.
ތަޢާރަފް
މުޙައްމަދު މުޞްޠަފާ އިބްރާހީމް މ. މުޞްޠަފާ އާބާދު އާންމުކޮށް ކިޔާނަމުންނަމަ އިމްނާ މުސްތޮ މާފަންނު ގެ ބައެއް ދަރިވަރުންނާއި ބެލެނިވެރިން ދަންނަ ނަމުންނަމަ މުޞްޠަފާ ސަރ އަކީ މާފަންނު ހުޅަނގަށް އުފަން، މާފަންނު ހުޅަނގުގެ ދަރިއެކެވެ. ހިންގުމުގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓަރޑިގްރީ ހާޞިލްކޮށްފައިވެއެވެ.
އުނގަންނާ ދިނުމުގެ ރޮނގުގައި އެތައް ދަރިވަރުންނަކާއި ބެލެނިވެރިންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ކާމިޔާބު މުދައްރިސެކެވެ. ސިވިލް ސާރވިސްގައި މިނިސްޓްރީ އޮފް ޕްލޭނިންގ ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ގެ މަގާމު އަދާކޮށްފައިވާ ސިވިލްސާރވަންޓެކެވެ. މުލަކައަތޮޅުގެ އެންމެ ފަހުގެ އަތޮޅުވެރިޔާއެވެ. ރައީސް ޔާމީން އިސްލާމިކް ޔުނިވަރސިޓީ އުފައަދަވާދެއްވި ފުރަތަމަ ބޯޑަށް އައްޔަންކުރެއްވި ބޯޑުމެންބަރެވެ. އަދި ރައީސް ޔާމިންގެ ވެރިކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރެވެ. އަދި ފައިނޭންޝަލް އެގްޒެކްޓިވް އެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ސީނިޔަރ ޕޮލިސީ އެގްޒެކްޓިވް އެވެ. މިއަދުވެސް ޕީ.ޕީ.އެމް ގެ ސުލޫކީ ކޮމިޓީގެ މެންބަރެކެވެ.
ކޮބާ މުސްތޮގެ މުހިންމު ވައުދު ތަކަކީ
- ރައްޔިތުންނަށްޓަކައި ރައްޔިތުން ރައްޔިތުން ބަލަހައްޓާނެ ތިން މިލިއަން ރުފިޔާގެ ވެލްފެއާ ފަންޑެއް ގާއިމްކުރުން
 - މީހުންނަށް ސަލާންޖަހަން ނުޖެހޭ ފަދަ އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުން
 - ކުޅެލާނެ ދަނޑެއް ނެތް ނެތުމަށް ނިމުމެއް ގެނެސް ދަނޑެއް އެޅުން
 - ވެސްޓުޕާކުގެ މަސްބާނާ އަސްލު ޕޮއިންޓް އަނބުރާ ވުޖޫދަށް ގެނައުމަށް މަސައްކަތްކުރުން
 - ސަރުކާރާ ގުޅިގެން، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން
 - ރައްޔިތުންނަށް ލުއި ފަސޭހަ އާއި މަންފާވާނެ ގޮތަށް ގާނޫނޫތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރުން
 - ކޮންމެ އަހަރަކު ޒުވާނުންނަށް ''ހުޅަނގު ކަޕް'' ގެ ނަމުގައި 50،000 ރުފިޔާގެ ފުޓްސަލް މުބާރާތެއް ބޭއްވުން
 - ރަސްފަންނު އަށް ދިމާވެފައިވާ ޗަކަވުން ނިމުމަކަށް ގެނައުން
 - ހަލާކުވެ ފެންބޮޑުވެފައިވާ މަގުތައް ޒަމާނީ މަގުތަކަކަށް ބަދަލުކުރުމަށް މަސައްކަތްކުރުން
 
 
 
            
                    
		
		
		
		
		
ވަރަށް ކޫލް ލިޔުމެއް