ޚަބަރު

އީދު ސަލާމް ކުރައްވަން ސަޕޯޓަރުންނަށް މައުމޫން ދޮޅުގަޑިއިރު ދެއްވަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ކުރީގެ ރައީސް މައުމޫން

މާދަމާ އީދު ސަލާމްކުރައްވަން ބޭނުންފުޅުވާ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދޮޅުގަޑިއިރު ހުސްކޮށްލައްވަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.

Ads by STELCO

ރާއްޖޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި މައުމޫން މިރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަލާމްކުރައްވާނީ ހެނދުނު 9:30 އިން 11:00 އަށް ކަމަށެވެ. މައުމޫން ވިދާޅުވީ ސަލާމް ކުރެއްވުން ކުރިއަށްދާނީ އެމަނިކުފާނުގެ ގެކޮޅު މ. އެންދެރިމާގޭ ގައި ކަމަށެވެ.

ރައްޔިތުންނާ ސަލާމް ކުރެއްވުމަކީ، މިހާރު އުމުރުފުޅުން 86 ފުރިވަޑައިގެންފާ މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ގެންގުޅުއްވީ ސަގާފަތެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް މި ސަގާފަތް އޮތެވެ. ނަމަވެސް ކުރިން އެމަނިކުފާނުގެ އެންމެ ބޮޑު ވާދަވެރިޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަލާމް ކުރެއްވުމެއް ކުރިއަކަށް ނުގެންދަވައެވެ.

މާދަމާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސަލާމް ކުރެއްވުން އޮންނާނެއެވެ. އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ހެނދުނު 9:30 އިން 10:30 އަށް ރައީސްގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!