މޯދީ, ދިވެހިންނަށް އީދު ތަހުނިޔާ ފޮނުއްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފަރާތުން، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ސަރުކާރަށް އީދުގެ ތަހުނިޔާ ފޮނުއްވަވައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ، މޯދީގެ މެސެޖުގައި އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ ، ސަގާފީ އަދި ތަހުޒީބީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލާފައިވާ ކަމަށެވެ.
މޯދީ ވިދާޅުވީ، މިއަދު ސަގާފީ ރޫހުގައި ފާހަގަކުރާ އީދުގައި ހަނދާން ވަނީ އެންމެން އެދޭ އަދި އުންމީދުކުރާ ސުލްހަވެރި ކަމާއި އެއްބައިވަންކަންކަމަށެވެ.
މޯދީ އީދުގެ ތަހުނިޔާ ފޮނުއްވާފައިވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ވެސް ހިމެނޭ ގޮތަށެވެ.
https://twitter.com/hcimaldives/status/1778051718795931904?s=61&t=hYxqx-XP7KRwgKWiBDX9Gw
އަބަދުވެސް ރާއްޖެއާ ގާތްގުޅުމެއް ބާއްވަމުން އަންނަ އިންޑިއާއާއި ރާއްޖޭގެ ގުޅުން މި ފަހުން ވަނީ ބައެއް ސިޔާސީ ސަބަބުތަކާ ގުޅިގެން ހީނަރުވެފަ އެވެ.






ކޮމެންޓް