އީދު ކުޅިވަރާ އެކު މާލޭ މަގުތައް ފުރި ބާރުވެއްޖެ

ފިތުރު އީދުގެ ކުޅިވަރުތައް ބަަލަން އާންމުން އެއްވި، އާޓިފިޝަލް ބީޗް ސަރަހައްދުގެ މަގުތައް ބެދި، މާލެގޭ މަގުތައް ބާރުވެ ޓްރެފިކް ޖޭމްވެއްޖެއެވެ.
އެ ސަރަހައްދުގައި އީދު ފާހަގަކުރުމުގެ ގޮތުން ޝޯއަކާއެކު ހަވާ އެރުވިއެވެ. ކުޅިވަރުތައް ބައިވެރިވުމަށާއި، ހަވާއަރުވާތަން ބަލާލަން ކުޑަކުދިން ގޮވައިގެން ގިނަ އަދަދެއް ބަޔަކު އެ ސަރަހައްދަށް ޖަމާވިއެވެ.
އެ ހަރާކަތްތައް ނިމިގެން އެހެން ތަންތަނަށް ދާންވެގެން ގިނަ ބަޔަކު އެއް ފަހަރަށް މަގުމައްޗަށް ނުކުތުމުން ވެހިކަލްތަކުން މަގުމަތި ތޮއްޖެހުނެވެ. އީދާ ގުޅިގެން މިއަދު ހަވީރު ހަތަރަކުން ހަޔަކަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން އޮތީ މަނާކޮށްފައެވެ.
ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ، ޓްރެފިކްގައި ޖެހިގެން ކުރިއަށް ނުދެވި 20 މިނެޓް ހޭދަކުރަން ޖެހުނު ކަމަށެވެ.
މިފަދަ ބޮޑެތި އިވެންޓްތައް ބާއްވާއިރު، އާންމުކޮށް އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ، ޓްރެފިކް ބަލަހައްޓައެވެ.







ކޮމެންޓް