Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލާމުން ރައީސަކަށް ކީ އެންމެ ހޫނު މަރުޙަބާ ޑރ. މުޙައްމަދު މުޢިއްޒަށް!

ލާމުން ރައީސަކަށް ކީ އެންމެ ހޫނު މަރުޙަބާ ޑރ. މުޙައްމަދު މުޢިއްޒަށް!

<strong>(ލ. ކައްދޫ)</strong> ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލާމު އަތޮޅުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މިއަދު ހެނދުނު ލާމު ކައްދޫން ރައީސަށް މަރުޙަބާ ކިޔަން ފޮނަދޫ އަދި ގަމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ. އަދި ކައިރި ރަށްރަށުން ވެސް ބައެއް މީހުން އައެވެ. ރައީސަށް މަރުޙަބާ ދަންނަވަން އައި މީހުންނާ ސަލާމް ކުރައްވަން ރައީސް ވަނީ ދޮޅު ގަޑިއިރު ހޭދަކުރައްވާފައެވެ. މިއީ ރައީސަކަށް މަރުޙަބާ ދަންނަވަން ލާމު އަތޮޅުން އެންމެ ގިނަ މީހުން ނިކުތް ފަހަރުކަން ފާހަގަކޮށްލެއެވެ.

<img class="alignnone size-large wp-image-219160" src="https://cdn.dhen.mv/wp-content/uploads/2024/04/IMG_6819-1024x683.jpeg" alt="" width="690" height="460" />

Advertisement
Ooredoo — Square (box)

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިފަހުން ރައީސް ލާމު އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި, އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލު ކުރެއްވުމުގެ އިތުރުން ރައްޔިތުންނާ ބައްދަލު ކުރައްވާނެއެވެ.

[caption id="attachment_219159" align="alignnone" width="690"]<img class="wp-image-219159 size-large" src="https://cdn.dhen.mv/wp-content/uploads/2024/04/IMG_6820-1024x683.jpeg" alt="" width="690" height="460" /> މަރުހަބާ ކިޔަން ނިކުން މީހުންނާ ރައީސް ސަލާމް ކުރައްވަނީ[/caption]

މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާވަށެވެ. އެރަށުގެ ރައްްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ދެން ވަޑައިގަންނަވާނީ އިސްދޫ އަދި ކަލައިދޫއަށެވެ. މެންދުރުފަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދަނބިދުއަށެވެ. ދުވަސް ނިންމާލާނީ ފޮނަދޫގައި ރޭގަނޑު އޮންނަ ޖަލްސާއިންނެވެ.

ދަތުރުގެ ދެވަނަ ދުވަހު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގަމަށެވެ. ލާމު ދަތުރު ނިންމަވާލެއްވުމަށްފަހު އައްޑުއަށް ވަޑައިގަންނެވުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ހިތަދުއަށެވެ. ދަތުރު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތޭރަ ވަނަ ދުވަހުގައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒަށް ލާމު އަތޮޅުން ވަނީ މެޖޯރިޓީ ދީފައެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސަށް 57.3 އިންސައްތަ ވަނީ ލިބިވަޑައިގެންފައެވެ. ލާމު އަތޮޅުގައި މަޖިލީހުގެ ހަތަރު ދާއިރާ އޮންނައިރު, ހުރިހާ ދާއިރާއަކަށް ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓުން ވަނީ ކުރިމަތިލައްވާފައެވެ.

ލާމު އަތޮޅަކީ ޕީއެންސީގެ ބޮޑު ތާއީދެއް އޮންނަ އަތޮޅެއް ނަމަވެސް, ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެއަތޮޅުގެ ހަތަރު ދާއިރާގެ ތެރެއިން އޭރު އިދިކޮޅުގައި އޮތް ޕީއެންސީއަށް ނެގުނީ އެންމެ ދާއިރާއެކެވެ. އެއީ މާވަށު ދާއިރާށެވެ. އިސްދޫ ދާއިރާ ގޮނޑި ކާމިޔާބު ކުރީ ޖޭޕީން ވާދަކުރި, މިހާރު ޕީއެންސީއަށް ސޮއި ކުރައްވާފައިވާ އަލީ ހަމީދެވެ. ފޮނަދޫ ދާއިރާއާއި ގަމު ދާއިރާ ނެގީ އެމްޑީޕީންނެވެ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިފަހުން ވަނީ ޕީއެންސީއަށް ސޮއި ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް