ކުޑަފަރީ ކައުންސިލުން ހިލޭ ވައިފައި ލިބޭ ސްޕޮޓްތަކެއް ހަދައިފި

އާބާދީގައި 600 ވަރަކަށް މީހުން ދިިރިއުޅޭ ނ. ކުޑަފަރީގައި އާންމުންނަށް ބޭނުންކުރެވޭނެހެން ބައެއް ސަރަހައްދުތަކުގައި ހިލޭ ވައިފައި ސްޕޮޓްތަކެއް ހަދައިފިއެވެ.
މިއީ މުޅި ރަށަށް ވައިފައި ދޫކުރުމުގެ ގޮތުން އެރަށުގައި ހިންގަމުންދާ ޕައިލެޓް ޕްރޮޖެކްޓެކެވެ. ފުރަތަމަ ވައިފައި ސްޕޮޓްތައް ހަދާފައިވަނީ އެ ރަށު ''ކްލަބްހައުސް' ގައެވެ. އެއީ ގިނަ ޕްރޮގްރާމްތަކަކާއި، ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ހަދާފައި ހުންނަ ތަނެކެވެ.
އެކަމާއި ގުޅޭ ގޮތުން "ދެން" އަށް މައުލޫމާތުދެމުން ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު (ސަންބޯ) ވިދާޅުވީ، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ދެ ސްޕޮޓަކަށް ވައިފައި ދޫކުރުން ކަމަށެވެ. ދެން ވައިފައި ދޫކުރަން ހަމަޖެހިފައިވަނީ ސްޕޯޓްސް އެކަޑަމީ އާއި އެލްޑާލީ ކްލަބްއަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. އެއީވެސް ކްލަބު ހައުސްގެ ދަށުން ހިންގާ ދެ ތަނެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKudafareeCouncil%2Fposts%2Fpfbid0gWg7v821zZzWNaXdip86LceUs7rxyfiat7WnEXpvsGFfE64rsY45jPEQfPEt72uYl&show_text=true&width=500" width="500" height="659" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>
ޝަމީމް ވިދާޅުވީ، ސްޓާލިންކް އިންޓަނެޓް ކަނެކްޝަން ބޭނުންކޮށްގެން ވައިފައި ދޫކުރަން ނިންމާފައިވާ އެ ތިން ސަރަހައްދަކީވެސް ރަށުގައި އާންމުން އެއްވެ އުޅޭ ތިން ސަރަހައްދު ކަމަށެވެ. އަދި އިމާރާތަށް ވައިފައި ދޫކޮށްފައި ހުންނައިރު، މުޅި އެ ސަރަހައްދަށް ވެސް ވައިފައި ރޭންޖް ލިބޭނެކަން އޭނާ ފާހަގަކުރިއެވެ. ހުރިހާ ހަރަދެއް ކުރާނީ ކައުންސިލުންނެވެ.
"ކްލަބް ހައުސް އަކީ މީހުން އެއްވާ ތަނެއް. ދެން ހުރި ތަންތަނަކީ ވެސް މީހުން އައިސް ތިބޭ ތަންތަން. އެ ސަރަހައްދުތަކުން ހިލޭ ހައި ސްޕީޑް ވައިފައި ހަމަ އެންމެންނަށް ވެސް ލިބިގެންދާނެ. ކޮންމެ މީހަކަށް ވެސް އެ ވައިފައި ބޭނުންކުރެވޭނެ،" ޝަމީމް ވިދާޅުވީ ކައުންސިލުން އަމާޒު ހިފާފައިވަނީ މުޅި ރަށަށް ވައިފައި ދިނުން ކަމަށެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އާންމުން ގިނައިން އެއްވާ ސަރަހައްދުތަކުގައި ހިލޭ ވައިފައި ލިބެން ހުއްޓަސް މިއީ އާންމުކޮށް ރާއްޖޭގެ ކައުންސިލްތަކުން ކޮށްއުޅޭ ކަމެއް ނޫނެވެ. ނަމަވެސް، އެހެން ގައުމުތަކުގައި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ހިލޭ އިންޓަނެޓް ލިބޭނެ އިންތިޒާމް ގާއިމްކޮށްފައި ހުރެއެވެ.







ކޮމެންޓް