ޚަބަރު

އާބަން ސެންޓަރުގެ ލިސްޓަށް ފޮނަދޫ އިތުރުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސް ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ލ. ފޮނަދޫ އަކީ މި ސަރުކާރުން ތަރައްގީކުރުމަށް ނިންމަވާފައިވާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އެހެން ވިދާޅުވީ މިރޭ ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ހާސިލްވާ ގޮތަކަށް ކަންކަން ކުރުން ކަމަށެވެ. އެގޮތުން، މި ސަރުކާރުގެ މާސްޓަ ޕްލޭންއާ އެއްގޮތަށް ހަތް އާބަން ސެންޓަރު ގާއިމުކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ސެންޓަރުތަކުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ހިދުމަތްތައް ދެވޭނެކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އާބަން ސެންޓަރެއްގެ ގޮތުގައި ފޮނަދޫ ތަރައްގީ ކުރެވޭއިރު، ގެދޮރުވެރިކަމުގެ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށެވެ. އެ މަސައްކަތް ކުރުމުގެ ގޮތުން އިތުރަށް ބިން ހިއްކައި، ހައުސިންގެ ބިޔަ ބޮޑު މަޝްރޫއުއެއް ހިންގުމަށް ނިންމާފައިވާނެކަން ރައީސް އިއުލާން ކުރެއްވިއެވެ. ވިދާޅުވީ އެކަމުގެ ސަބަބުން އާބާދީ އެއްފަސްކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތަކީ ދެމެހެއްޓެނިވި ތަރައްގީ ހާސިލްވާނީ އާބާދީ ކޮންސެލިޑޭޓް ކުރެވިގެން. އެއީ މަޖުބޫރުން ކުރާނެ ކަމެއް ނޫން. ހިތާއި ރުހުމުން، ދުރު ރާސްތާއަށް ވިސްނާ އަމިއްލަޔަށް ހިޔާރު ކުރާނެ ކަމެއް އާބާދީ އެއްފަސްވުމަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފޮނަދޫ, އުމްރާނީ ގޮތުން ތަރައްގީކުރެވި، ވަޒީފާގެ ފުރުސަތުތަކާއި، ސިއްހީ ނިޒާމް ވަރުގަދަ ކުރެވުމުންނާއި، ތައުލީމީ ނިޒާމް ކުރިއަރައި ގެދޮރު ލިބޭ ކަމަށް ވަނީނަމަ އަމިއްލަޔަށް ބޭނުންވެގެން މީހުން އެރަށަށް ބަދަލުވާނެ ކަމަށެވެ.

އާބަން ސެންޓަރެއްގައި ހުންނާނެ ހުރިހާ ހިދުމަތްތަކެއް އެރަށުގައި ގާއިމްކުރެވިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން، މިހާރުވެސް ބަޖެޓް ކުރެވިފައިވާ ގޮތަށް އެރަށުގައި ދެ ޔުނިވާސިޓީއެއްގެ ކެމްޕަސް ގާއިމްކުރެވިގެންދާނެ ކަމަށާއި، ލެންގުއޭޖް ލާނިންގް ސްކޫލެއް ގާއިމްކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އޮފިސް ކޮމްޕްލެކްސް އިމާރާތް ގާއިމްކުރެވި، ފޮނަދޫގެ މަގުތަކުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެއެވެ. އަދި އެރަށުގެ ބަނދަރަކީ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރެވި، މުދާ އަރުވާ ބޭލޭ ރީޖަނަލް ބަނދަރަކަށް ތަރައްގީ ކުރެވިގެންދާނެއެވެ.

ފޮނަދޫ ތަރައްގީ ކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ކައްދޫގެ ބައެއް ފަތުރުވެރިކަމަށް ހާއްސަކޮށް، ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކައިރީގައި ވެސް ރިސޯޓް ތަރައްގީކޮށް، އެއަތޮޅަށް ޓޫރިޒަމް މަޝްރޫއުތައް ގެނައުމަށް ނިންމާފައި ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ޓޫރިޒަމް މިނިސްޓްރީން އެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މި ޕްލޭންއާއި އެއްގޮތަށް މަސައްކަތް ނިމުމުން، އެންމެ ބޮޑަށް ތަރައްގީގެ މިންވަރު ހާސިލްކުރެވިފައިވާ އަތޮޅަކަށް އެ އަތޮޅު ވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި މި ލަނޑުދަނޑި ހާސިލްކުރެވެންދެން އެންމެ ކުޑަ ރަށަށް ވެސް އެ ރަށަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

މިދިޔަ ސަރުކާރުން ވެސް ވަނީ ގަމާ ފޮނަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައެވެ.

Ads by Ooredoo
  1. ބަލާތި

    ވެރިކަމަކީ އަދުރޭ ދިފާއު ކޮށްގެން ކުރެވޭނެ ކަމެއް ނޫނޭ އެއީ މަދުވެގެން 4 ލައްކަ މީހުންގެ ތާއީދު އޮވެގެން ދިފާއު ކުރެވޭނެ ކަމެކޭ އަދުރޭ އަކީ ދެން ކާކުތޭ ރާއްޖޭގެ މިހާރުގެ ޖީލަށް ބަލާފައި އަދުރޭ ބުނެގެން ވަޒީފާ ދީފައި ތިބީ ޕީޕީއެމް މީހުން ބާކީ ކޮށްފައި އެމްޑީޕީ މީހުންނަށް ދެން ވެރިކަން އަދުރޭ އަށް ދިފާއު ކުރެވޭނެ ވަރު ބަލަންވީއޭ އަނެއް ކޮޅުން މިހާރު މާލޭގައި ފެތުރޭ ރޯގާ އަކީ އެއީ ސަރުކާރުގެ ސިޔާސީ މަގާމް ތައް ދެނީ އަދުރޭ އަށް 9 ލައްކަ ރުފިޔާގެ ކަޓެއް ދިނުމުންނޭ މިއިން ތިން ބައިކުޅަ ދެބައި ނަގަނީ މުއިއްޒު ކަމަށޭ ވަނީ މުއިއްޒުގެ ކަޓް އެޖެންޓަކީ އެއީ އަދުރޭއޭ މިކަން ވެސް އަދި ފަޅާ އަރާނެއޭ ބަލަން ތިބެއްޗޭ…

  2. ތަމެންދޯ

    ދުނިޔޭގައި ބޮޑު ހަނގުރާމައަކަށް ތައްޔާރު ވަމުންދާ ދަނޑިވަޅު އަންނަނީ އެމެރިކާ އާއި ހުޅަނގު އަތުން އެމެން އަތުގައި އޮތް ބާރު ބީވެގްންދަނީ ޔުނިޕޯރލަރ ވޯލްޑް މަލްޓިޕޯރލަރ ވޯލްޑް އަށް ހިޖްރަ ކުރާ ދަނޑިވަޅަށްވާތީވެ ކޮންމެވެސް ވަރެއްގެ ހަނގުރާމަ އެއްނުކޮށް މިކަން ހައްލުނުވާނެއޭ މިފަހަރު ކުރާނީ އިރާނުގެ ޕްރޮކްސީ ހޫތީން ނާއި ހަމާސް އެމެރިކާ އާއި ދެކޮޅަށް ކުރާ ހަނގުރާމައޭ މީގައި މޮޅުވާނީ އިރާން މި އަޑިގަނޑުން އަރައިގަނެވޭނީ މާލެ ސަރަަހައްދުން ބިން ވިއްކައިގެންނޭ ރާއްޖޭގައި 200 އަށް ވުރެން ގިނަ ރިސޯރޓް ތައް ހުރި އިރު އެމެން އަތުގައި އެމެންގެ އަމިއްލަ ގޯއްޗެއް ނެތޭ މާލެ ސަރަހައްދުގައި މީގެ ސަބަބުން މާލޭގެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ނެގުން އެފައިސާ އެދަނީ ރާއްޖޭން ބޭރަށޭ ހަގީގަތުގައި މިފައިސާ އަކީ ސަރުކާރަށް ލިބެން ޖެހޭ ފައިސާއޭ ހުޅުމާލޭ ބާބަކިޔު އޭރިއާ ހުޅަނގުން އޮތް ފަޅު މަހާޖައްރާފު މަރާމާތުކޮށްގެން އެއިން ހިއްކާ އެތަނުން ކޮންމެ ރިސޯރޓަކަށް 1 ހެކްޓަރުގެ ބިން ހެކްޓަރެއް 10 މިލިއަން ޑޮލަރަށް ފްރީހޯލްޑް އުސޫލުން ވިއްކާލާނަމަ މަދުވެގެން 1 ބިލިއަން ޑޮލަރު ލިބޭނެއޭ ސަރުކާރަށް އަދި އަލަށް ހަދާ ރިސޯރޓް ތަކުން ވެސް މިހިއްކާ ބިމުން ބިން ގަންނަން މަޖްބޫރުކުރެވޭނެއޭ މިފަދަ އަވަހަށް އާމްދަނީ ލިބޭނެ ގޮތެކޭ ސަރުކާރުން ހޯދަންވީ މަމެން ހުވައޭ ލާމު އަތޮޅު އައްޑު އަތޮޅު އެއީ އެއްވެސް މުސްތަގްބަލެއް އޮތް ތަންތަނެއް ނޫނޭ މާލެ ސަރަހައްދު ފިޔަވައި އިގްތިސާދީ ގޮތުން ކުރިއަރާނީ ގައްލަންދޫ އުތުރުން އޮތް ބިތުގައި ބޮޑެތި އިންވެސްޓްމެންޓް ހަދައިގެންނޭ އެނޫން ލޮކޭޝަން އެެއް ނެތޭ ރާއްޖެ އަކު އިގްތިސާދީ ގޮތުން ކުރިއަރާނެ…

  3. ނޮޓްކޮލިފައިޑް

    ސަރުކާރުގެ މާލީ ނިޒާމް މަސައްކަތް ކުރާ ގޮތް ނޭގެނީއޭ އެހެންނޭ ވާނީ އަމިއްލަ ވިޔާފާރި އެއްވެސް ނުހިންގާވިއްޔާ ބަޖެޓަކީ މަޖްލީހަށް ދެވޭ އެއްޗެއް ނޫނޭ ބަޖެޓަކީ އެއީ ސަރުކާރުން ފައިސާ ހޯދައިގެން ކުރަން ޖެހޭނެ ކަންކަމޭ ކަރުދާސް ގަނޑެއްގައި 1 ޓްރިލިއަން ޑޮލަރު ޚަރަދު ކުރަން ޖެހުމުން އެހޯދަނީ ކޮންތާކުންތޭ ޓޫރިޒަމް ދާއިރާއިން އޮޓޯ މޯޑްގައި ވަންނަ އެއްޗެއް ފިޔަވައި މުއިއްޒު ކުރި މަަސައްކަތުން ޓެކްސް ނުނަގާ ރެވެނިއު ހެދޭނެ ގޮތެއް ނެތޭ މުއިއްޒަށް ހޯދިފައި ނެތޭ ކެނެރީގެ ނަޝީދު ވެސް ފެލި ފެލިފައި އެބަބުނޭ ތިމަންނާ ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރީމޭ އިތުރުކުރީ އެއީ ރައްޔިތުން ފެލާލައިގެން ނަގާ ޓެކްސް އިންނޭ ހަގީގީ އިގްތިސާދަކީ އެއީ ޔޫރަޕް ކޮޕީ ޕޭސްޓް ކުރުމެއް ނޫނޭ ކެޕިޓަލް މާރކެޓް ވެސް ރާއްޖެ އަށް ނުހިނގި އެއް ނޫންތޭ މިއިން އެގިގެންދަނީ ރާއްޖޭގެ އިގްތިސާދަކީ އެއީ ހިންދީ ރާގަށް ހަދާފައި ހުންނަ ޔާރާ ދިލްދާރާ ލަވަ ތައް ޓީވީއެމްގައި ތިބޭ ގަމާރު ބީތާ ޕްރޮޑިއުސަރުން ދައްކާ ގޮތަށް ކަންކަން ކުރުމެއް ނޫނޭ ހަގީގީ އިގްތިސާދީ ވިސްނުމަކީ ރައްޔިތުން އަތުން އެއްވެސް ޓެކްސް އެއް ނުނަގާ ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރެވޭނެ ނިޒާމް ހޯދުމޭ ގުދުރަތީ ގޮތުން މިހަގީގަތް މިދަނީ ދުވަހުން ދުވަހަށް ބޮޑަށް ފާޅުކޮށްދެއްވަމުންނޭ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ބިންތައް ކޮންމެ މަހަކު ވިއްކަންވީ މަހަކު 1 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނެ އުސޫލުން ޔަގީނޭ މިކަމަކީ އެއީ ރާއްޖޭން ތެޔޮ ނެގުމަށް ވުރެން ފައިދާ ވެފައި އަދި ރާއްޖޭގެ އެންމެން އަތުން ކުޑަ ކުއްޔެއް ނަގައިގެން އެމެންގެ މާލީ ހާލަތު ރަނގަޅުކޮށްގެން ކުރެވޭނެ ކަމެކޭ މުއިއްޒު މެން ރިސާރޗް ޕޭޕަރު ހެދީ އެއީ އެހެން މީހުން ހަދާފައި ހުރި އެއްޗެހި ކޮޕީ ޕޭސްޓް ކޮށްގެން އަމިއްލަ ނޮވެލްޓީ އެއް ނެތް ކަމޭ މިހާރު އެނގި ފާޅުވަމުންދަނީދޯ…

  4. ތަދޯ

    ރާއްޖޭގެ ތިޖޫރީ އަކު ފައިސާ އެއް ނެތޭ މިހާރު ދައްކަނީ އެއީ ދަޅައެކޭ ހަގީގަތުގައި ދުނިޔޭގެ އިގްތިސާދަށް ކުޑަ ވެސް ލޮޅުމެއް އަތުވެއްޖެނަމަ ރާއްޖެ އިނދަޖެހޭނެއޭ މިފަހަރު މުއިއްޒުގެ ނެތޭ އެއްވެސް އިގްތިސާދީ ސިޔާސަތެއް ޓޫރިޒަމް އިން ލިބޭ އާމްދަނީއަކީ އެއީ އޭނާ ވެރިކަމަށް ފާވިއިރު ވެސް ލިބެމުން އަންނަ އާމްދަނީ އަކަށްވާތީވެ އެ ކަން އެމަގުން ހިނގަނީއޭ ޗައިނާގެ ބާޒާރު ރާއްޖެ އަށް ފުޅާ ކުރަން ހަގީގީ މާނައިގައި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެއޭ ދެން ދައުލަތަށް ވަންނަ އާމްދަނީ އިތުރު ކުރަން ރައްޔިތުން އަތުން ޓެކްސް އިތުރަށް ނަގާ ސަބްސިޑީ ކަނޑާލަން މިހާރު އެބަދަވި ވިސްނަނީ އެކަން ކުރާނީ އޭނާ މަޖްލީސް މެދުވެރިކޮށޭ އެއިރުން ހަނޑޫކިލޯ އެއް ވިއްކާނީ 50 ރުފިޔާ އަށޭ ހަގީގަތުގައި މިރާއްޖޭގައި ހުރި ކޮންމެ ރިސޯރޓަކަށް މާލެ ސަރަހައްދުން ތިލަފުށިން ނަމަވެސް މަޖްބޫރުކޮށްގެން ނަމަވެސް ކޮންމެ ރިސޯރޓަކުން 1 ހެކްޓަރުގެ ބިން 10 މިލިއަން ޑޮލަރަށް ގަނެގެން އެމެންގެ މާލެ އޮފީސް ތިލަފުއްޓަށް ބަދަލު ކޮށް ހަދާ އަދި އެގޯތީގައި އެމެން ވާރޓިކަލް ފާރމިންގް ހަދާ ގޮތަށް ހަދާ ރިސޯރޓަށް ބޭނުންވާ އެއްވެސް ތަރުކާރީ އެއް ރާއްޖޭން ބޭރުން ހުއްދަ ނުދޭ ގޮތަށް ހެދުމުން އެއިރުން ރާއްޖޭގެ އިގްތިސާދުގެ އެތެރޭގައި ޑޮލަރު ހިފެހެއްޓޭނެއޭ އެއީ ޔަގީން ކަމެކޭ ލަންކާ އިން ޓޮމާޓޯ އާއި ތަރުކާރީ ގަންނަން ރިސޯރޓް ތަކަށް ނުޖެހޭ އެކަމަކު މިރާއްޖޭގެ ވިޔާފާރި ކުރިއަރުވާނެ އެއްވެސް ގޮތެއް މުއިއްޒު އަކަށް ނޭގެއޭ ކެނެރީގެ ނަޝީދު މެން އެއީ ކަނޑުކޮހުންނަށް ވާއިރު އެމެންނަށް ނޭގުނަސް އެއީ މަމެންނަށް މައްސަލަ އެއް ނޫނޭ އެކަމަކު ޕީޕީއެމް ގެ ވެރިކަމަކީ އިގްތިސާދީ އާ ގޮތްތައް ރާއްޖެ އަށް ތައާރަފް ކޮށް ދިވެހި ވިޔާފާރި އިންޑަސްޓްރީ ފުޅާ ކުރަން މަސައްކަތް ކުރާ ބަޔަކަށްވާއިރު މުއިއްޒު އަށް މިފަދަ އެއްވެސް މަސައްކަތެއް ނުކުރެވެއޭ މުއިއްޒު އެއީ ސީދާ މުނާފިގެކޭ މުނާފިގު މުއިއްޒު އަށް ވާނީ ސަރުކާރުގެ މާލިއްޔާ އިން ވައްކަން ކުރުމޭ އޭނާ އަކީ އެއީ ބޮޑު ކަނޑުކޮހެކޭ މަމެން ގަބޫލެއް ނުކުރަމޭ އޭނާގެ ޕީއެޗްޑީ ވެސް އެއީ ގަނެގެން އުޅޭ ފޭކް އެއްޗެކޭ…

  5. އެހެންތޭ

    މުއިއްޒުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ރަނގަޅޭ ކެނެރީގެ ނަޝީދު ބުނާއިރު އޭނާ އެއީ ކާކުތޭ އިގްތިސާދީ އިލްމް ދަންނަ މީހެއް ނޫނޭ އެއީ އަދި އޭނާ ކިޔެވީ އެއިލްމެއް ނޫނޭ އަދި އޭނާގެ ވެރިކަމުގައި އެކަން އެވަނީ އޭނާ ސާބިތު ވެސް ކޮށްދީފައޭ ކިޔަވާދޭ ޓީޗަރު ކިޔަވާ ދޭ ހުރިހާ ކުދިން އިމްތިޚާނުން ފެއިލް ވުން އެއީ ޓީޗަރު ކޮލިފައި ނުވަނީއޭ ހަމަ އެގޮތޭ ކެނެރީގެ ނަޝީދަށް ވެސް ވީ އޭނާގެ ކައްޕަޅި ވަގު ވެރިކަމުގައި ކެނެރީގެ ނަޝީދަށް އިގްތިސާދުގެ އަލިފުބާ ވެސް ނޭގޭނެއޭ އޭނާ އަކީ ކޮޕީ ޕޭސްޓް ކުރާ މީހެކޭ އެގޮތަށް ދިވެހި ލަވަކިޔުންތެރިން ކަމަށް ހެދިގެން އުޅޭ ބަގަވެސް ހިންދީ ރާގަށް ހަދާފައިވާ ދިވެހިލަވަ ކިޔައޭ އެއީ ލަވަކިޔުންތެރިންނެއް ނޫނޭ އެއީ އަމާކިޔުންތެރިންނޭ ހަމަ އެގޮތަށް ކެނެރީގެ ނަޝީދަކީ ދިވެހި މޭސްތިރި 50 މިލިއަން ޑޮލަރާއި އެކު ހަވާލު ކުރުމުން ބަނގުރޫޓް ކޮށްލި ކަނޑުކޮހޭ އޭނާ އަށް އިނގޭނެ އިގްތިސާދެއް ނޯންނާނެއޭ އޭނާ އަށް އިނގޭނެ ގަވަރނެންސް އެއް ވެސް ނުހުންނާނެއޭ އޭނާ ކިޔެވީ މެރިން ލޯ އެވެސް ޑިޕްލޮމާ ގަނޑެކޭ އޮންނަނީ ދެން އޭނާ އަށް ތިމާވެށީގެ ސައެންސްގެ އަލިފުބާ ވެސް ނޭގޭނެ ކަން މަމެން ހުވާ ކޮށްފައި ބުނެދޭނަމޭ އޭނާ ގާތު އަހާބަލަ ޓައިމް ވެލިއު ފޯރ މަނީ އަކީ ކޯއްޗެއްތޭ އޭނާ އަހާނީ އެއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއްތޭ އޭނާ ތިމާވެއްޓޭ ކިޔާ އަނގައަރުވާ އިރު ބަތަލާ ރިސޯރޓް އެބަދަވި ހެދީ ގޮނޑުދޮށުން ވެލި ނަގައިގެންނޭ ތިޔާއީ މަމެން ނުދަންނަ ބަގަ އެއް ނޫނޭ ކެނެރީގެ ރުނޑިކާޅުންނަކީ…

  6. ތަދޯ

    ކޮވިޑް ލޯންގެ އިންޓަރެސްޓް އުވާލި ނަމަވެސް ލޯން ނުދައްކާ މީހާ ހަމަ ލޯން ނުދައްކައޭ ފުރަތަމަ ކަމަކީ އެއީ އެސްޑީއެފްސީ އަކީ އެއީ ހުންނަން ޖެހޭނެ ތަނެއް ނޫނޭ އެއީ މިއަދުން މިއަދަށް އުވާލަން ޖެހޭ ތަނެކޭ ލޯން ދައްކާ އެކަަކު ވެސް ނެތޭ ފުރަތަމަ ކަމަކީ ވިޔާފާރި އުސޫލު ތަކާއި ޚިލާފުވެފައި އެވަނީ ލޯން ނެގި މީހުން ވެސް ލޯން ނެގި މީހުން ވެސް ލޯން ދައްކަން އެއްބަސްވެ ލޯން ނަގައިގެން ލޯން ނުދެއްކުން އެއީ ސީދާ ވައްކަމެއް ނޫންތޭ އެކުރަނީ އެއީ ވަގުންނޫންތޭ އެވަގުންނަށް ނޫންތޭ މުނާފިގު މުއިއްޒު ތިޔާ ފުރުސަތު ދެނީ މުއިއްޒު ތަ އެއްޗެއް ދެން ބޯންވީ ނޫންތޭ ތަ ބޮއިބަލަ ދެން…

  7. ދިސްވޭ

    ރާއްޖޭގެ އިގްތިސާދު ވޭތުވެދިޔަ 100 އަހަރަށް ބަލާ ދިރާސާ ކުރަން ޓައިމް ވެލިއު ފޯރ މަނީ މި ފަދަ ސިމްޕްލް އީކްއޭޝަން އެއް ބޭނުންކޮށްގެން ދިރާސާ ކުރިނަމަވެސް މި 100 އަހަރު ރާއްޖެތެރެއަށް ކުރި ހުރިހާ ޚަރަދެއް ކުރަނީ އެއީ މާލެ ސަރަހައްދުގެ ވިޔާފާރިވެރިން އުނަގަނޑު ބިންދައިގެން އެމެން ހޯދާ ފައިސާ އިން ސަރުކާރަށް ދައްކާ ފިދްޔަ އިންނޭ ހިސާބު އިލްމް ބުނަނީ ރާއްޖެ ދަރަނިން ސަލާމަތް ކުރަން ރާއްޖެތެރެ ބާއްވާ މާލެ ސަރަހައްދު ފަޅުތައް ހިއްކާ ބިން ވިއްކާށޭ އިގްތިސާދަކީ އެއީ ސިޔާސީ ވެރިއަކު ބުނާ ގޮތަށް މަސައްކަތް ކުރާނެ އެއްޗެއް ނޫނޭ އެއީ ހިސާބު އިލްމް ބުނާ ގޮތަށް މަސައްކަތް ކުރާ އެއްޗެކޭ ހިސާބު އިލްމް ދޮގު ނަހަދާނެއޭ ސަބަބަކީ މުޅި މިއާލަމް އުފައްދަވާފައިވަނީ ހިސާބު އިލްމް ބޭނުންކޮށްގެން ހިސާބު އިލްމް ނެތް ނަމަ މިއާލަމް ވެސް ނެތީސްއޭ ވުޑްންޓް އިޓް ބީ ބިއުޓިފުލް،…

  8. ވައިކާންޓް

    ކޮވިޑް ލޯންގ ރިބާ ކަނޑާލީ އެއިން ރާއްޖޭގެ އިގްތިސާދަށް އަދި ކިއެއްކުރަން އާންމު ރައްޔިތު މީހާ އަށް ލިބޭ އާމްދަނީން ޚަރަދުކުޑަ ކުރަން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއޭ އިގްތިސާދު މެނޭޖް ކުރުމާއި އަދި އިގްތިސާދު ސައެންސް މީ ދެ ބާވަތެކޭ މިއިން ހަގީގަތް ބުނެދޭނީ އިގްތިސާދީ ސައެންސް އެއީ ހިސާބު އިލްމް އެ އިލްމްބުނެދޭ ހަގީގަތަކީ ތަކެތީގެ އަގުބޮޑު ވެގެން އުލެނީ ސަރުކާރުން ތިމާވެއްޓޭ ކިޔައިގެން ހިޔަންޏަށް މުޑި ނަގައިގެން ނަގާ ޓެކްސް ބޮޑުވުމުންނޭ ކާކުތޭ މިހިސާބު ހަދަނީ ހަދާނެ މީހަކު ސަރުކާރުގައި ނެތޭ މުޅިން ވެސް މުއިއްޒު އަށް ސަނާ ކިޔާ މީހުންނޭ މިތިބެނީ ދެން މުއިއްޒު އަކީ އަމިއްލަ ސިކުނޑިން ވިސްނާ ކަންކަން ކުރަން ދަންނަ މީހެއް ނޫނޭ މުޅި މާލެ ސުވާލު އުފައްދައޭ މިހާރު މުއިއްޒު ނަގާފައިވާ ޕީއެޗްޑީ އެއީ އަސްލު އެއްޗެއް ކަމާއި މެދު ވެސް ވައިކާންޓް ވީ ސްޕީކް އޮން ދިސް ވައި ކާންޓް ވީ ސްޕީކް އޮން ދިސް ހީ އިޒް ނޮޓް ކޮލިފައިޑް ވައިކާންޓް ވީ ސްޕީކް އޮން ދިސް…

  9. ދިސްވޭ

    އިގްތިސާދު މެނޭޖްކުރުމާއި އިގްތިސާދީ ސައެންސް މީ މުޅިން ދެ ސަބްޖެކްޓޭ ބެޗުލަރ އޮފް އާރޓްސް އިން އާރކިޓެކްޓަރ އާއި ބެޗުލަރ އޮފް ސައެންސް އިން އާރކިޓެކްޓަރ މި މިސާލުން ވެސް ބީއެސްސީ އިން އާރކިޓެކްޓަރ ފުރަތަމަ ވެސް ނިމޭނީ 4 ނުވަތަ 5 އަހަރުން އެކަމަކު ބީއޭ އިން އާރކިޓެކްޓަރ ނިމޭނެއޭ 3 އަހަރުން މިއަށް ރިއާޔަތް ކުރާއިރު ވެލާނާ އެއާރޕޯރޓް ނިމުން އަދި އިގްތިސާދު ކުރިއަރާނެ ކަމަށް ހިސާބު އިލްމް ނުބުނެއޭ ކޮބާތޭ ވިޔާފާރި އުފެއްދުމަށް ބޭނުންކުރާ ވޭރިއެބްލްސް އެވޭރިއެބްލްސް އަކީ އެއީ ވެލާނާ އެއާރޕޯރޓާއި 5 ކިލޯ މީޓަރު ރޭޑިއަސް ގައި ހުންނަން ޖެހޭނީ 1 މިލިއަން ފަތުރުވެރިންގެ ކޮޓަރި އަދި ދުވާލަކު މަތިން ދާ ބޯޓް ތައް މެދުވެރިކޮށް އެކްސްޕޯރޓް ކުރާ މިލިއަން ޓަނުގެ މުދާ ހުންނަން ޖެހޭނެއޭ އެއާރޕޯރޓަށް އައިސް އައިސް އެ ފަދަ މުދާ ތައް އެއާރޕޯރޓަށް އަންނަން ޖެހޭނީ އެއާރޕޯރޓާއި 5 ކިލޯ މީޓަރު ރޭޑިއަސް އަށް ވުރެން ދުރު ނޫސް ސަރަހައްދުންނޭ ޕްރޮޑަކްޝަން ސީރީސް ހިސާބު އިލްމް އިން ބަދަލު ކުރަން ޖެހޭނީ ޓައިމް ސީރީސް އަށޭ ދުނިޔޭގެ ހުރިހާ ކަމެއް ގުދުރަތީ ގޮތުން ބިނާވެފަައި އޮންނަނީ ވަގުތު އެއީ އަސްލަކަށް ބަލައިގެންނޭ އެއާރޕޯރޓް ތަރައްގީ ކުރާއިރު އެކަން ވަށާ ޖެހޭނީ އިގްތިސާދީ ސައެންސްގެ ވޭރިއެބްލްސް ތައް ބޭނުންކޮށްގެން ހެދޭ ދިރާސާ ފީސްބްލް ވާނަމައޭ އެވާނެ ކަން ވެލާނާ އެއާރޕޯރޓްގެ ވޭތުވެދިޔަ 50 އަހަރުގެ ތާރީޚް ހެކިކޮށްދެއޭ…

    • ކެސް

      ތިޔައުޅެނީ ލ.އަތޮޅާ އަށްޑު އަތޮޅު ތަރައްޤީވެދާނެތީ ހަޖަމް ނުކުރެވިގެން
      ކެސްބާލަން އުޅޭ