Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިތުގައި އުފެދޭ ޝުއޫރުތައް ދިވެހި ބަހުން ފާޅުކުރަން އެދިއްޖެ

ހިތުގައި އުފެދޭ ޝުއޫރުތައް ދިވެހި ބަހުން ފާޅުކުރަން އެދިއްޖެ
ދިވެހިން ވިސްނާ ކުދިން މަދު ކަމަށާއި, ހިތުގައި އުފެދޭ ޝުޢޫރު ދިވެހި ބަހުން ފާޅު ކުރަން ޖެހޭ ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެއެވެ. ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހި ބަހުގެ ދުވަހެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޝިއާރެއް ކަމަށް ކަނޑައަޅާފައިވަނީ ''ދިވެހިބަހުން ވިސްނަމާ'' އެވެ. މިއަދު ދެއްވި ޚާއްސަ މެސެޖެއްގައި އަޝްރަފް ވިދާޅުވީ ޅަފުރައިގެ ގިނަ ކުދިންނަށް ދިވެހި ވެށީގައި ހިމެނޭ ގިނަ ބާވަތްތަކަށް ދިވެހިބަހުން ކިޔާ ނަންތައް ނޭނގުމަކީ ގަބޫލުކުރަންޖެހޭ ހިތި ހަގީގަތެއް ކަމަށެވެ. އޭގެ ތެރޭގައި ގަސްގަހާގެއްސާއި މަސްމަހާމެއްސާއި މާމެލާމެލީގެ ބާވަތްތަކަށް ދިވެހިން ކިޔާ ނަން ވެސް ގިނަ ކުދިންނަށް ނޭނގެ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި މަސައްކަތްތެރިކަމާއި އެ މަސައްކަތްތައް ކުރުމަށް ގެންގުޅޭ އާލާތްތަކަށް ކިޔާނެ ދިވެހި ނަންތަކާއި ގޭތެރޭގައާއި ބަދިގޭގައި ގެންގުޅޭ ސާމާނަށް ކިޔާނެ ''މައް'' ދިވެހި ނަންނަތައް ބޮޑެތިވަމުން އަންނަ ކުދިންނަށް ނޭނގެއޭ ބުނަން ޖެހުމަކީ ލަދުވެތިކަމެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި ބައެއް އުސްތާޒުން ވިދާޅުވާ ގޮތުގައި "ދިވެހިން" ވިސްނާ ކުދިން މަދުވެފައިވާ ކަމަށާއި "ދިވެހިބަހުން" ވިސްނާ ކުދިން އެއަށްވުރެ މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ. ހިތުގައި އުފެދޭ ޝުޢޫރު ފަސޭހަކަމާއެކު އަނެއްކާއަށް ދިވެހިބަހުން ފާޅުކުރުމަކީ ދަތިކަމަކަށް ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. https://twitter.com/DhivehiEkedamee/status/1779385112075116797 ހިތުގައި އުފެދޭ ޖަޒުބާތާއި ޚިޔާލުވެސް މިހާރު ފަސޭހަކަމާއެކު ހާމަކުރަނީ އިނގިރޭސި ލަފުޒުތައް ހިމަނައިގެންކަމަށާއި އެފަދަ ކުދިން ވިސްނުމުގައި ދިވެހި ބަސް ނުގެންގުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަހުގެ އެކަޑަމީ އިން އާއްމުކުރި މެސެޖުގައި ބުންޏެވެ.
އަމުދުން ދިވެހިބަހުން ވިސްނާ ކުދިން މާ މަދުވެއްޖެ، ތިމާގެ ހިތުގައި އުފެެދޭ ޝުއޫރުތައް ފަސޭހަކަމާއި އެކު އަނެކާއަށް ދިވެހި ބަހުން ފާޅުކުރުމަކީ ދަތިކަމަަކަށްވެއްޖެއެވެ، ތަކެއްޗަށް ކިޔާނެ ދިވެހި ނަން ތިމާގެ ސިކުނޑިއަށް ނުވިސްނިގެން އިނގިރޭސި ލަފްޒު ބޭނުންކުރާ ކުދީން ގިނަވެއްޖެ
އެހެންކަމުން އަޒުމް ކަނޑައަޅަންވީ ދިވެހިން ވިސްނާ، އެކަން ބޮޑުވަމުން އަންނަ ޖީލަށް އުނގަންނައިދޭ ބަޔަކަށްވުމަށް ކަމަށާއި ދިވެހި ސިކުނޑިތަކުގައި ދިވެހި ނަންތައް ހަރުލައްވާ، ދިވެހި ލަފުޒު ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅަންޖެހޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް