ޚަބަރު

އީރާނުގެ ދިފާއުގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ދިވެހި ލީޑަރަކަށް ރައީސް މައުމޫން!

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައީސް މައުމޫން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

އީރާނުން އިސްރާއީލަށް ދެމުން ގެންދާ ހަމަލާތައް ދިފާއު ކުރައްވާ. އެ ޤައުމުގެ ދިފާއުގައި ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް މަރުހަބާ ވާހަކަފުޅު ދައްކަވައިފިއެވެ..

Ads by STELCO

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ރޭ އަމިއްލަ ދިފާއުގައި އީރާނުން އެޅި ފިޔަވަޅަށް އެމަނިކުފާނު ވަރަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ.

"ހިތްވަރުގަދަ އީރާނާއި އެހެނިހެން މުސްލިމް ހަނގުރާމަވެރިންނަށް الله ތަޢާލާ ނަޞްރު ދެއްވާށި!" މައުމޫން ވިދާޅުވިއެވެ.

މައުމޫނަކީ އިސްރައީލާ ދެކޮޅަށް ރާއްޖޭގެ ރައީސް ކަމުގައި ހުންނެވިއިރު ވެސް ވަރަށް ގިނަ މަސައްކަތްޕުޅު ތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖެއާއި އިސްރާއީލާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލައްވާ ފަލަސްތީނާއެކު ގާތް ގުޅުމެއް ވަނީ ގެންގުޅުއްވާފައެވެ.

މީގެ ދެ ހަފްތާ ކުރިން ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާއެއްގެ ރައްދު ދިނުމުގެ ގޮތުން ރޭ އީރާނުން ވަނީ އިސްރާއީލާ ދެކޮޅަށް އެތައް ސަތޭކަ ޑްރޯންތަކަކާއި މިސައިލްތަކެއް ފޮނުވާލާފައެވެ.

ސީރިއާގެ ދިމިޝްކުގައި ހިނގި މިރޭޑްގައި 13 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) ގެ އިސް ދެ ޖެނެރަލުން ހިމެނެއެވެ.

އައިއާރުޖީސީއިން ވަނީ އެ ހަމަލާ ކަށަވަރުކޮށްދީ، އޮޕަރޭޝަން ޓްރޫ ޕްރޮމިސްގެ ދަށުން ޑްރޯންތަކާއި މިސައިލްތައް ފޮނުވާލީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު "ސީރިއާގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް އަމާޒުކޮށްގެން ޒަޔަނިސްޓް އެންޓިޓީން ކުރި ޖަރީމާ" ގެ އަދަބުގެ ތެރެއިން ކަމަށް ބުނެފައިއެވެ.

މި ފަދަ ހަމަލާއެއް އިސްރާއީލަށް ރައްދުކޮށްފައި މިވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުން އަންނަ ފަނާކުރަނިވި ހަނގުރާމައިގެ ހަ މަހަށް ވުރެ ގިނަ ދުވަސް ފަހުން ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން މަރުވެ، ވަށާލެވިފައިވާ ސަރަހައްދު ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ހަނގުރާމައިގެ ތެރެއިން އިސްރާއީލުން އަންނަނީ ލުބުނާނާއި ސީރިއާއަށް ފެތުރި، ޔަމަނާއި އިރާގު ފަދަ ދުރު ހިސާބުތަކަށްވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!