Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތިން ޖެނެރޭޓަރެއްގެ މޮޑިއުލް އަނދާ، މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑިއްޖެ

ތިން ޖެނެރޭޓަރެއްގެ މޮޑިއުލް އަނދާ، މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑިއްޖެ

ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ރަށުން ކަރަންޓުގެ ހިދުމަތް އެއްކޮށް މެދުކެނޑިއްޖެއެވެ.

ފެނަކައިން މިއަދު ބުނީ މި ޓްރާންސްފޯމަރަށް ދިމާވި މައްސަލައާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ މޮޑިއުލް އަނދާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ރަށުން ކަރަންޓު ހިދުމަތް ކެނޑިފައިވަނީ މިއަދު ހެނދުނު 9:15 ގަ އެވެ.

Advertisement
Ooredoo — Square (box)

ފެނަކައިން ބުނީ މި މައްސަލަ ހައްލުކުރުމުގެ މައްސަލަ ކުރަމުން އަންނަ ކަމަށާއި މި މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވޭނެ ކަމަށް ލަފާކުރެވެނީ 18:00 ގައި ކަމަށެވެ.

"ވީމާ މިދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ" ފެނަކައިން ބުނެފައިވެއެވެ.

ކުޅުދުއްފުށި ކަރަންޓަށް މި މައްސަލަ ދިމާވެފައިވަނީ ކުރިން ޖެހުނު މައްސަލަ ހައްލުކޮށް, އާ ޖެންސެޓެއް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ކުރެވިފައިވަނިކޮށެވެ.

ސިޓީގެ ކަރަންޓުގެ ހިދުމަތަށް ދިމާވި މައްސަލައާ ގުޅިގެން ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން މި ހިނގާ އޭޕްރިލް މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ޑިސްކައުންޓެއް ދޭން ވެސް ފެނަކައިން އޮތީ ނިންމައިފައެވެ.

ކުޅުދުއްފުށީގައި މިހާރު އިންސްޓޯލްކޮށްފައިވަނީ ހަތް މެގަވޮޓްގެ ކަރަންޓެވެ. އެ ރަށުގައި އާ އިންޖީނުގެ ހަދަން 2020 ގައި ހަވާލުކުރިއިރު އެ މަޝްރޫއު އޮތީ ނުނިމި ދިގުލައިފައެވެ.

އައު އިންޖީނުގެއަކީ ހަތަރު މެގަ ވޯޓުގެ ފަސް އިންޖީނު ބެހެއްޓޭ ކެޕޭސިޓީގެ އިންޖީނުގެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް