ޚަބަރު

ޔާމީންގެ ކެންޑިޑޭޓަކަށް އެމްޑީޕީން ތާއިދުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީން ތާއިދުކުރި ޝަރަފް/ ފޮޓޯ: ޗެނަލް13

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު އަންނަ ހަފްތާގެ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަރަފުއްދީން އަށް ތާއިދުކުރަން އިދިކޮޅު އެމްޑީޕީން މިއަދު ނިންމައިފިއެވެ.

Ads by MWSC

ޝަރަފް ފުރަތަމަ އިންތިޚާބުގައި ކުރިމަތިލާން ނިންމީ ސަރުކާރުގެ ފަރާތުންނެވެ. ނަމަވެސް ޕީއެންސީގެ އެތެރޭގެ ޕްރައިމަރީން ބަލިވުމުން ދެން ނިކުންނެވީ ރައީސް ޔާމީންގެ ތާއީދުގައެވެ. ޕީޕީަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ރަޖިސްޓްރީ ވެފައި ނުވާތީ ޝަރަފް ވާދަކުރަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ފުވައްމުލަކު އުތުރު ދާއިރާއަކީ އެމްޑީީޕީން ވާދަނުކުރާ ދާއިރާތަކުގެ ތެރެއިން އެއް ދާއިރާއެވެ.

އެމްޑީޕީން ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ އެ ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ޝަރަފުއްދީން އަށް ވޯޓު ދޭން އެދިފައެވެ. އެ ދާއިރާއަށް ޕީއެންސީ/ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަނީ ހަމަދު އަބްދުﷲ އެވެ.

މި އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެއެވެ. ނަމަވެސް ބައެއް ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ބައެއް  ކެންޑިޑޭޓުން ވަނީ އެހެން ކެންޑިޑޭޓުންނަށް ތާއިދުކޮށްފައެވެ. އެކަމަކު އެ ކެންޑިޑޭޓުންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެއެވެ.

ވޯޓުލުމުގެ ހައްގު ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ.

 

Ads by HDC
  1. އެމަނިކުފާނު ޖަލަށް ގަޅާލާފަ ބުރަކަށީގަ ފިރުމާފަ ވައަތުން ޖަހާފަ ކަނާތުން ކާންދީ ހެދީމަވެސް ޔާމީނަށް އޯކޭ