ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ނަޒޫ އަށް ޕީއެންއެފުން ތާއިދުކޮށްފި
އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރާ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) އަށް ޕީޕަލް ނެޝަން ފްރޮންޓް (ޕީއެންއެފް) އިން ތާއިދުކޮށްފިއެވެ.
ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) މަލީހު ޖަމާލް ވަނީ އެކަން ކަށަވަރުކޮށް ދީފައެވެ. ''އެކްސްގައި'' ކުރި ޕޯސްޓެއްގައި މަލީހު ވިދާޅުވީ މުޅި ރާއްޖެއިން ބުނަމުން ދަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ނޫނެކޭ ކަމަށެވެ.
''ފުވައްމުލަކު ދެކެނު ދާއިރާވެސް އޮތީ އެގޮތަށް، ޕޮލިޓިކްސް ގައި އެންމެ މުހިއްމީ ލޯޔަލިޓީ، ޕީއެންސީ ކެންޑިޑޭޓް ވަނީ ހޮވުމުގެ ކުރިން ވައުދާ ހިލާފުވެފައި'' މަލީހު ވިދާޅުވިއެވެ.
ޕީއެންއެފް އިން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒޫއަށް ތާއިދުކޮށްފައިވާއިރު އެމްޑީޕީން ވަނީ، ފީއެންއެފްގެ ޓިކެޓުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަރަފުއްދީން އަށް ތާއިދުކޮށްފައެވެ.
މިޖެހުނީ ގޮސްއެއްތާކު. ތުއްތޮންބެވެސް ކޮއްކޮއާއި ހެދި ޕާޓީގެއްލުނީމާ ވެއްޓިވަޑައިގަތީ އެމްޑީޕީއުނގަށް. ޔާމީނަށްވެސް ވެއްޓެވުނީ ހަމަ އެމްޑީޕީއުނގަށް. ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން ގަބޫލުކުރަނީ ސިޔާސީގޮތުން ޔާމީންވެސް މުޖުތަމަޢުން ބާކީވީކަމަށް. ތުއްތޮންބެވެސް އެއުޅުއްވަނީނޫންތޯ؟ ސަޕޯޓެއްނެތެއްނޫންތޯ؟