ޚަބަރު

މަޝްއަރުގެ މައްސަލަ ރިޕޯޓްކޮށްފި، މިނިސްޓްރީން އެދެނީ އެ ކުންފުންޏަށް ފައިސާނުދޭން

އައިކާ ޔުނާން ، ދެން އޮންލައިން
އުމްރާއަށް ދިޔަ ދިވެހިންތަކެއް

ހައްޖާ އުމުރާގެ އަޅުކަމަށް މީހުން ގެންދިޔުމަށް ދިން ހުއްދަ ބާތިލްކުރުމުން، ޓްރެވެލް އެޖެންސީއަކަށް ނަން ބަދަލުކޮށްގެން ހުސްވި ރަމަޝާން މަހު މީހުން އުމުރާއަށް ގެންދިޔަ މަޝްއަރުގެ ގްރޫޕުގެ މައްސަލަ ފުލުހަށް ހުށަހަޅައި, އެ ކުންފުންޏާއި ކުންފުނީގެ ވެރިޔާ އަލީ ފާރިޝް އަށް އެއްވެސް ފައިސާއެއް ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

Ads by MWSC

އެ މީހުން ފޮނުވަން ފްލައިޓް ޗާޓަރު ކުރީ އިނާ މޯލްޑިވްސްގެ ދަށުން ހިންގާ ''އޭސް ޓްރެވެލް'' އާއި ''އޭސް އޭވިއޭޝަން'' އިންނެވެ. ފްލައިޓް ޗާޓަރުކުރީ ސްރީލަންކަން އެއާލައިން އާއި ގަތަރު އެއާލައިންގެ އިތުރުން އެމިރޭޓްސް އެއާލައިނުންނެވެ. އެ މީހުންގެ ހަވާލުގައި 50 މީހަކު އުމުރާގެ އަޅުކަމަށް ދިޔައެވެ. ނަމަވެސް އެ ގްރޫޕުގެ ހަވާލުގައި އުމްރާ އަށް ދިޔަ އުމްރާވެރިން ފުރަން އިއްޔެ އޮތް ނަމަވެސް އެ މީހުންނަށް ނުފުރި ވަނީ ތާށިވެފައެވެ. ޓްރެވަލް އެޖެންސީއަށް ފައިސާ ދައްކަން އެ ގްރޫޕުން ދިން ޗެކްތަކެއް ވަނީ ބައުންސުުވެފައެވެ.

ފައިސާގެ މައްސަލަތައް ބޮޑުވެގެން ގޮސް އެ ޖަމާއަތަށް ދޫކުރި ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލު ކުރިއެވެ. އެހެންވެ މިހާރު ހިންގަމުން އަންނަނީ ޓްރެވެލް އެޖެންސީގެ ނަމުގެ ދަށުންނެވެ.

ފުލުހަށް މި މައްސަލަ ރިޕޯޓުކުރުމަށް ފަހު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ, އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ދައްކައިގެން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނަގާ މައްސަލަ ލިބިފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި އަލްމަޝްއަރު ޓުއާސްގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުރި އަލީ ފާރިޝަކީ ހުއްދަ ބާތިލް ކުރި މަޝްއަރު އުމްރާ ގުރޫޕުގެ ވެސް ވެރިޔާއެވެ.

އެ ކުންފުންޏަށް އަދި އަލީ ފާރިޝަށް އެއްވެސް ފައިސާއެއް ނުދެއްކުމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ އެދިފައެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު، އެ ގްރޫޕުގެ ހަވާލުގައި 207 މީހަކު އުމްރާއަށް ދިޔައިރު އެމީހުން ގެންދަން ފްލައިޓް ޗާޓަރުކުރި ދިވެހި ކުންފުންޏަށް ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވީ ބައުންސެވެ. އެއީ އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރެވެ. ހަމަ އެ ދަނޑިވަޅުގައި ސައުދީ އެއާލައިންސްގެ ފްލައިޓެއް ގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލަ ވެސް އުޅޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 90 ހާސް ޑޮލަރެވެ.

Ads by Allied Insurance
  1. ޢުމްރާ

    ކޮން އުމުރާއެއްތަ؟