ޚަބަރު

ފުލުހުން ގެންދިޔަ ''އިންޑިއާ އައުޓް'' ބެނާ ހޯދައި، ހަރަކާތް އަލުން ފަށަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ހައިކޯޓު ކުރިމަތީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މީޑީއާތަކާއި ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

މީގެ ކުރިން އިދިކޮޅުގައި އޮތްއިރު ޕީއެންސީ/ޕީޕީއެމް އިން އިންޑިއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ''އިންޑިއާ އައުޓް'' ހަރަކާތް މާދަމާ އަލުން ފައްޓަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ޔާމީން އިސްވެ ހުންނަވައި ފެށި ހަރަކާތެކެވެ. ސިލްސިލާކޮށް ކުރިއަށް ގެންދިޔަ އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަނޑައެޅިއެވެ. އަދި ޔާމީންގެ ގެކޮޅުގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާވެސް ފުލުހުން ވަނީ ގެންގޮސްފައެވެ.

އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ދުއްވާ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މޭމަހުގެ ނިޔަލަށް ރާއްޖޭގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ހަރަކާތްތެރިވަނީ މަދަނީ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރިޝްވަތު ނެގުމާއި، މަނީ ލޯންޑަރިންގެ ކުށުގައި ކްރިމިނަލް ކޯޓުންކުރި ހުކުމް ބާތިލުކުރުމާއެކު މިނިވަންވެވަޑައިގެން ފުރަތަމަ ފަހަރަށް ޔާމީން ވަނީ މީޑިއާތަކާއި ވާހަކަ ދައްކަވާފައެވެ. ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި މަރުކަޒު ހަދައިގެން ތިބުމާއި އެމަނިކުފާނު ދެކޮޅު ކަމަށެވެ.

ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސް ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ހުރިހާ ވަކީލުން އެއްބަސްވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ދިފާއުކުރައްވާ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

އިންޑިއާ އައުޓް ކެމްޕޭނު އަލުން ފަށާފާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޔާމީން ވިދާޅުވީ އެކަމުގައި ޝައްކެއް ވެސް ނެތް ކަމަށެވެ.

''.... އަޅުގަނޑުމެން މާދަމާ ކުރަން ނިންމާފައި އޮތް މަސައްކަތަކީ ގޭގައި ދަމާފައި ހުރި އިންޑިއާ އައުޓް ބޮޑު ބެނާ ފުލުހުން ވަނީ ގެންގޮސްފައި އެ ހޯދަން ފުލުހުންނަށް ފުރަތަމަ ލިޔާނީ ދޭށޭ.'' ޔާމީން ވިދާޅުވިއެވެ.

Ads by Allied Insurance
  1. އިންޑިޔާ

    މީނަޖަލުގަބަހައްޓައިގެންނޫނީ ގައުމަށް ހަޖެހުމައްނުލިބޭނެ