Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާފުށީގައި އަލިފާން ނިއްވުމުގެ ހިދުމަތް ދެން ލިބޭނެ

މާފުށީގައި އަލިފާން ނިއްވުމުގެ ހިދުމަތް ދެން ލިބޭނެ

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ހިދުމަތް، ކ. މާފުށީގައި ދޭން ރަސްމީކޮށް ފަށައިފިއެވެ.

މާފުށި އަކީ މާލެ ސިޓީ ފިޔަވައި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށެއްގައި އަލިފާން ނިއްވުމުގެ ހިދުމަތް ދޭން ފެށި ފުރަތަމަ ރަށެވެ.

އެމްއެންޑީއެފްއިން ބުނީ، އެ ރަށުގައި އަލިފާން ނިއްވުމުގެ ހިދުމަތް ފެށުމާ ގުޅިގެން، އެ ހުދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމާ ބެހޭގޮތުން މާފުށި ކައުންސިލާއެކު މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި މި މަޝްވަރާ ބައްދަލުވުމުގައި، ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާއި އެމްއެންޑީއެފްގެ ލީޑާޝިޕުން ބައިވެރިވެފައިވާ ކަމަށް ބުނެފައިވެެއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން އެ ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ އާއި، ޖެނެރަލް އޮފިސަރުންނާއި، ސީނިއާ އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، ކުރިއަށްއޮތް ތަނުގައި ކ. އަތޮޅުގެ އާބާދީ ބޮޑު އެހެން ރަށްރަށުގައި ވެސް މި ހިދުމަތް ދިނުމަށް ރާވާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް