ޚަބަރު

އެމްޑީޕީގެ ސުޕަ މެޖޯރިޓިން ދިނީ ނަފްސާނީ އަނިޔާ، ޕީއެންސީން އެކަން ތަކުރާރު ނުކުރާނެ: ސަލީމް

އައިކާ ޔުނާން ، ދެން އޮންލައިން

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި އެމްޑީޕީއިން ސުޕަމެޖޯރިޓީ ނަގައިގެން, އިދިކޮޅުގެ މަދު މެންބަރުންނަށް ދިނީ ނަފްސާނީ އަނިޔާ ކަމަށާއި ކޮންގްރެސް ޕާޓީގެ ސުޕަމެޖޯރިޓީއިން އެކަން ތަކުރާރު ނުވާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ އިތުރު ދައުރަކަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އިންތިހާބުވެފައިވާ ސަލީމް މިއަދު މަޖިލީހަށް ހުށަހެޅިފައިވާ ނަފްސާނީ ފަރުވާއާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ވިދާޅުވީ, ބައެއްގެ ބާރުތައް ވަކި ބައެއްގެ އަތަށް ދިއުމުގެ ސަބަބުން ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

އެކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށާއި އާރާއިބާރު އެއީ އެއްވެސް ބައެއްގެ ގޮތުގައި އޮންނާނެ އެއްޗެއް ނޫން ކަން ފާހަގަކޮށް, އެކަން ބަދަލުވެ ރައްޔިތުންނަށް ވެސް ބާރު ލިބޭނެ ދުވަހެއް އަންނާނެ ކަމުގައި ސަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެތިން މަޖިލީހުގައި ތިބިއިރު އެ ހުރަސް އެޅި ހުރަސް އެޅުން އެއީ ހުދު އަޅުގަނޑުމެންނަށް ވެސް ނަފްސާނީގޮތުން ވަރަށް ބޮޑެތި ކަންތައްތަކެއް އައި. އެންމެ ހައެއްކަ މީހުންނަށް ވާހަކަ ދައްކާލާނެ ފުރުސަތު ވެސް ނުދިން," ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މެންބަރުންނަށް ލިބުނު މަދު ފުރުސަތުތަކުގައި ވެސް ނިޒާމީ ނުކުތާ އެހެނިހެން ގޮތްގޮތުން ކުރީ ފުރައްސާރަ ކަމަށާއި އެ ކަމުން އަރައިގަތީ އެ މެންބަރުންގެ ހިތްވަރުގަދަ ކަމަށެވެ. އާ ސަރުކާރު އައުމަށް ފަހު ވެސް ފެނުނީ ޖެއްސުންކޮށް ނިކަމެތިކޮށް ބިރު ދެއްކި މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ އަންނަ ދައުރަށް ހޮވުނު ޕީއެންސީގެ ސުޕަމެޖޯރިޓިއިން ބާރުގެ ބޭނުން ހިފައިގެން ނަހަމަ ގޮތުގައި ނަފްސާނީ އަނިޔާ ނުދޭނެ ކަމަށެވެ.

"މައިނޯރިޓީއަށް އިހުތިރާމްކޮށްގެން އެ މީހުން ވެސް ހިތްހަމަޖައްސައިގެން ދުޅަހެޔޮ ސިއްހަތެއްގައި މި މަޖިލީހުގައި ތިބުމަށް އަޅުގަނޑު މަސައްކަތް ކުރާނަން," ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ, ވޭތުވެދިޔަ ތަނުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށާއި ބާރަކީ ލިބުމަށްފަހު ގެއްލިގެންދާ އެއްޗެކެވެ.

Ads by HDC
  1. އޮޅާލާ

    ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ