ޚަބަރު

ޒަބީހު، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

އަލީ ސަމާޙް ، ދެން އޮންލައިން
އިސްމާއިލް ޒަބީހު؛ އިކޮނޮމިކް މިނިސްްޓްރީގެ ސްޓޭޓަކަށް ވަނީ އައްޔަންކޮށްފައި

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިތުރު ބޭފުޅަކު އައްޔަންކޮށްފިއެވެ.

Ads by MWSC

އެ މަގާމަށް އައްޔަން ކޮށްފައިވަނީ އިސްމާއިލް ޒަބީހުއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްއާރްއެމްގެ ސްލޮޓްގައި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރި ޒަބީހު ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ވަކި ސަބަބެއް ނާންގާ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޒަބީހު ވަކިކުރީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

ރައީސް އޮފީހުގެ ސީނިއާ ރިސާޗް އޮފިސަރުގެ މަގާމާއި، އެމްކިއުއޭގެ ބޯޑު މެމްބަރުކަމާއި އަދި ޗާޓަޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ އެކެޑެމިކް ކޮމިޓީގެ މެންބަރުކަންވެސް ޒަބީހު ވަނީ ކޮށްފައެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޓުކަން ކުރި ޒަބީހު ރައީސް ޑރ މުހައްމަދު މުއިއްޒަށް ތާއިދުކޮށް ކެމްޕޭނަށް ނިކުތީ އިންތިހާބުގެ ދެވަނަ ބުރުގައެވެ.

އިކޮނޮމިކް މިނިސްޓްރީގައި މި ވަގުތު ހަތަރު ސްޓޭޓް މިނިސްޓަރު އެބަތިއްބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!