މުއްނިމްއަށް އަލުން ސްޓޭޓް މިނިސްޓަރުކަން ދީފި

މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް 'އޮޅިގެން' އައްޔަން ކުރެވުނީތީ ކުޑަ ދުވަސްކޮޅެއް ފަހުން ވަކިކުރި މުއްނިމް އަނީސް އަލުން އެ މަގާމަށް އައްޔަންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އަލުން މުންއިމް އައްޔަންކުރައްވާފައިވާ ކަމަށް ހާމަކުރެއްވީ ޓޫރިޒަމް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއް ގައެވެ. އެ ޕޯސްޓުގައި އޭނާއަަށް މަރުހަބާ ކިޔާފައިވީ ނަމަވެސް އޭނާ އަލުން އައްޔަންކުރެއްވި ވަކި ދުވަހެއް ބުނެފައެއް ނުވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުއްނިމް އައްޔަންކުރުމަށްފަހު މަގާމުން ވަކިކުރީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި އޭނާ އޭރު މަގާމުން ވަކިކުރީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕޭނުގައި އުޅެފައިވާތީއެވެ.