ޚަބަރު

ނާކާމިޔާބީއާއެކު އިމްރާން ދެމި ހުންނާނީ ނަމާދުކުރާ މީހުން ސިޔާސީ ދާއިރާއަށް ނެރެން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝޭހް ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން އެހެން ވިދާޅުވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާއިން ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިގެން ފުރަތަމަ ފަހަރަށް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

''އަޅުގަޑު މިހާތަނަށް ކުރަމުން އައި، އަދި އެކަމެއް ކުރުމުގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި އިންޝާ الله، ދެމި ހުންނާނެ މަސައްކަތަކީ ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުމެވެ'' ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރުކަންވެސް ކުރެއްވި އިމްރާން ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާއިން އިމްރާނަށް ލިބިވަޑައިގެންނެވީ 821 ވޯޓެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މިހާރުވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ރާއީ އަށް ލިިބިވަޑައިގަތް ވޯޓު އިމްރާނަށްވުރެވެސް މަދެވެ. ރާއީ އަށް ލިބިވަޑައިގެންނެވީ 725 ވޯޓެވެ. ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކުރީ ޕީއެންސީ ޓިކެޓުގައި ވާދަކުރި އަހުމަދު ޝަފީގްއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!