ޚަބަރު

މަޖިލީހަށް އިތުބާރެއް ނެތް, ކަންކަން ނިންމުން ބުއްދިވެރިއެއް ނޫން: އަލީ އާޒިމް

އައިކާ ޔުނާން ، ދެން އޮންލައިން
މެމްބަރު އަލީ އާޒިމް/ ފޮޓޯ: ދެން

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށާއި މި މަޖިލީހުން ކަންކަން ނިންމުމަކީ ބުއްދިވެރިގޮތެއް ނޫން ކަމަށް މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ, އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ 90 އިންސައްތައަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.

އިތުރު ދައުރަކަށް ހޮވުނު މެންބަރުންގެ ތެރެއިން ރައްޔިތުންގެ އިތުބާރު ލިބުނީ 10 ވަރަކަށް އިންސައްތަ މެންބަރުންނަށް ކަމަށާއި އެވަރުގެ ކުޑަ އަދަދަކުން މަޖިލީހުގެ ކަންކަން ނިންމުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނާ ގުޅޭ ނިންމުންތައް ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

"މި މަޖިލީހުން ދެން ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އަޅުގަނޑު ނުދެކެން" އަލީ އާޒިމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ, ގާނޫނުން ލާޒިމް ކުރަނީ މަޖިލީހުގެ ޖަލްސާތައް މެދުނުކެނޑި ކުރިއަށްގެންދަން ކަމަށާއި މި ހާލަތުގައި ވެސް ޖަލްސާ ބާއްވަން ހުރަހެއް ނެތް ކަމަށެވެ.

އާ މަޖިލިސް ހުވާ ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ގަ އެވެ. މަޖިލީހުގެ މި ދައުރު އަންނަ މަހުގެ 13 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

Ads by Ooredoo
  1. ވާންޗެސް

    ބުއްދިވެރި ކަމެކެމެއި އާޒިމު ބޮނިޔަސް

  2. އަފީފާ

    ކަމެއް ކުރާ ނަމ ޖެހެނީ މަޖުލިސް އުވަލަން

  3. މާންބެ

    މިހާރުގެ މަޖިލިހުގަ ތިބި މެންބަޅުން ހޮވާފަ އެތިބީ 5 އަހަރުގެ ދައުރަކަށް. ވޯޓުގެ ނަތީޖާ ލިބެންދެނެއް ނޫން ގާނޫނީގޮތުންވެސް އެމީހުން މަގާމުގަ ތިބެން ލާޒިމުވަނީ . ވޯޓެއް ނަގާފަ ނަތީޖާ ލިބޭ ކޮންމެފަހަރަކު ރައީސް އައްވެސް ކަންކަން ކުރުން ހުއްޓުވަން ބޭނުންނަމަ ގާނޫނުގަ ލިޔަން ވީނުން ނަތީޖާ ލިބޭ ގޮތަކުން އިތުރު ކަންކަން ކުރުން މަނާވެފަ ހޭންޑްއޯވާ އެކަޏޭ ކުރަން ޖެހޭނީ