ޚަބަރު

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާއެކީ 80 މެންބަރުން ތިބޭނެ ކަމަށް!

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް ލާމަށް ކުރެއްވި ދަތުރުފުޅުގައި، އިސް ވަޒީރު އަބްދުއްރަހީމްއާ ސަލާމްކުރައްވަނީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއެކު ޖުމްލަ 80 މެންބަރަކުމަސައްކަތްކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖީލިސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނެވެ. ސަރުކާރުގެ ތާއިދާ އެކު އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބުކުރި ކެންޑިޑޭޓުންނާއެކު ސަރުކާރަށް ތާއިދުކުރާ މެންބަރުންގެ އަދަދު 70 އަށްވުރެ ގިނައެވެ.

ސީދާ ވަކި އަދަދެއް ސާފުނުވިޔަސް ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވާދަކުރި ދާއިރާތަކަށް ޕީއެންސީން ވާދައެއް ނުކުރެއެވެ. ސަރުކާރުން ތާއިދުކުރީ މި ތިން ސިޔާސީ ލީޑަރުންނަށެވެ. ވެލިދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުވި މުހައްމަދު އައްބާސް އަށް ސަރުކާރުން ތާއިދުއޮތެވެ.

ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވީ އެންމެ ފަހުން ބަލައިލިއިރު ސަރުކާރަށް ތާއިދުކުރާ ކެންޑިޑޭޓުން އަދަދު އުޅެނީ 76 ގައި ކަމަށެވެ. އެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

''މިއަދާ ހަމަޔަށް އެބަތިބި 72 އެ ހަތަރު މެންބަރުންނާއެކު (ގާސިމް، ސިޔާމް، ނާޒިމް، އައްބާސް) ވީމަ އެވަނީ 76، އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ 80 މައްޗަށް އަޅުގަނޑުމެންގެ އަދަދު ހިނގައިދާނެ'' ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ފަދައިން 80 މެންބަރުން ސަރުކާރާއެކު ތިބޭނެނަމަ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބޭނީ ވާދަވެރި އެމްޑީޕީގެ 12 މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެކެވެ.

Ads by Allied Insurance
  1. އޮޅާލާ

    ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ސުޕަރ މެޖޯރިޓީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ

  2. ބޮޑުވަގެކޭ

    އަދުރޭ އަކީ ބޮޑު ވަގެކޭ އަދުރޭ އަކީ ބޮޑު ވަގެކޭ އަދުރޭ އަކީ ބޮޑު ވަގެކޭ އަދުރޭ އަކީ ބޮޑު ވަގެކޭ ސަރުކާރުގެ މާލިއްޔާ ދަވާލައިގެން ވަގު ފައިސާ ރައްޔިތުން ކަރަށް އަޅައިގެން ވޯޓް އިން ވައްކަންކޮށްގެން މަޖްލިސް މެމްބަރުން ހޮވުން އެނުވާނެ އެއީ ރައްޔިތުން ހޮވި ބަޔަކަށް އެވާނީ ސީދާ ވޯޓް އިން ވައްކަން ކޮށްގެން ކުރިކަމަށޭ އަދުރޭ މުޅި ސަރުކާރު އެއީ ވަގުންގެ ގޭންގަކަށް ވަނީ ބަދަލުކޮށްފައޭ ދެން ފެންނާނީ ޓެކްސް ބޮޑުކޮށް ރައްޔިތުން ފެލާ ނަގާ ތަނޭ އަދުރަެ އެއީ ބޮޑު ވަގެކޭ އަދުރޭ އެއީ ބޮޑު ވަގެކޭ

  3. ވަގުންނަެ

    ރާއްޖޭގައި ހީނާ އަށްވުރެން ރަނގަޅަށް ކިޔަވައިގެން ތިބި ކުދިން ތިބެމެ އަދި އެމެންނަކީ ތެދުވެރި ކަމާއި އަމާނާތް ތެރި ކަމަށް ލޯބި ކުރާ މީހުން ކަމަށް ވާއިރު އެމެން ބާކީ ކޮށްފައި ނުކިޔަވާ ތިބި ބަގަތަކަށް ސަރުކާރުގެ މައުތު ޕީސް ދިނުން އެއީ މިސަރުކާރަކީ ހަރާމްކޯރު ބަތާހަރާމީ ސަރުކާރެއްކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ އަމިއްލަ އަށް ކެންސަރު ޖެހުނޭ ކިޔާރޯ ބުހުތާނު ދޮގު ހަދައިގެން އާންމުންގެ ހަމްދަރުދީ ހޯދަން އުޅޭ މީހުންގެ ތެދުވެރިކަން ހުންނާނެ ގޮތް ބަލާދެން