ޚަބަރު

ފުލުހުން، ޓެކްސީ ޑްރައިވަރުން ތަމްރީނުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޓެރެފިކް ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ/ފޮޓޯ: ޕޮލިސް

ޓެކްސީ ޑްރައިވަރުންނަށް ބޭނުންވާ ފަރާތްތައް ތަމްރީނު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

Ads by MWSC

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން މިއަދު ބުނީ، އެ ޕްރޮގްރާމަކީ މުޅިން އަލަށް ޓެކްސީ ޑްރައިވަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އަދި އޭގެ އިތުރުން މިހާރު ޓެކްސީ ކުރުމުގެ ހުއްދަ އޮންނަ ޓެކްސީގެ ހިދުމަތް ދިނުމުގައި އުޅޭ ފަރާތްތަކަށްވެސް ހާއްސަކޮށް ޕްރޮގްރާމެއް ހިންގަން ފުލުހުން ވަނީ ނިންމާފައެވެ.

ގޫގުޕް ފޯމް މެދުވެރިކޮށް އެ ދެ ޕްރޮގްރާމް ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

 

ބައިވެރިވުމުގެ ސުންގަނޑި ހަމަވާނީ އަންނަ މޭ މަހުގެ ދެ ވަނަ ދުވަހުގެ 23:59 ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!