ޚަބަރު

ވައިކަރަދޫ ފަޅުން ގިނަ އަދަދެއްގެ މަސް މަރުވެއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން
ވައިކަރަދޫ ފަޅުގައި ގިނަ އަދަދެއްގެ މަސް މަރުވެފައި

ހދ. ވައިކަރަދޫ ފަޅު ތެރެއަށް ގިނަ އަދަދެއްގެ މުށި މަސް މަރުވެގެން މައްޗަށް އަރަން ފަށައިފިއެވެ.

Ads by MWSC

ސީދާ ވަކި އަދަދެއް އެނގިފައި ނެތަސް، ރެއިން ފެށިގެން މަސްތައް ބަލިވާން ފެށުމުން ރަށުގެ ބައެއް މީހުން ވަނީ މަސްތައް ހިފައިގެން ގެންގޮސްފައެވެ.

ވައިކަރަދޫ ކައުންސިލު މެންބަރު މުހައްމަދު ނުހާމް 'ދެން' އަށް ވިދާޅުވީ ބޮޑަށް ބެލެވެނީ، މަސްތައް މަރުވަނީ ރަށުގެ ފަޅު ތެރެއިން ލޮނުގަނޑު ދައުރުނުވާތީވެ މާ ބޮޑަށް ހޫނުވުމުގެ ސަބަބުން ކަމަށެވެ.

''ހޫނުވީމަ ގްރީނަލްގެ އެއްޗެހި ގިނަވަނީ ފަޅުގައި، ފަޅު ހެދިފައި ހުރި ގޮތުން އޮއިވަރު އެއްވެސް ވަރަކަށް ނުވެއް ދެމޭ، ނުދެވޭތީ ވާ ގޮތަކީ ފަޅަށް ފެހިކުލަ އަރާފައި، އެއްވެސް ވަރަކަށް އޮއި ދަތުރުނުކުރަންޏާ... މުށިމަސް ގިނައިން ވަނީމަ އޮކްސިޖަން ނުލިބިގެން މަރުވަނީ'' ނުހާމް ވިދާޅުވިއެވެ.

ހެނދުނު 10 އިން ފެށިގެން ރަށުގެ ޒުވާނުން ނިކުމެ، މަރުވި މަސްތައް ފަޅު ތެރެއިން ނަގައި ލޮނުގަނޑު ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކައުންސިލުގެ އެކްޓިން އެސްޖީ މުހައްމަދު ރަބީއު މި ނޫހަށް ވިދާޅުވީ ފަޅުތެރެއަށް މަސް މަރުވާތީވެ މެރިން ރިސާޗް ސެންޓަރުން މީގެ ކުރިންވެސް ފެނުގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

2016 ވަނަ އަހަރުވެސް ވައިކަރަދޫ ފަޅުތެރޭގައި ގިނަ އަދަދެއްގެ މަސްތަކެއް މަރުވިއެވެ. އެ ފަހަރު 10،000 ވަރަކަށް މަސް ފަޅުތެރެއަށް މަރުވިއެވެ.

Ads by Ooredoo
  1. މަސްމަރު

    މެރިން ރިސަރޗް ސާމްޕަލް ނަގައިގެން ކީއްކުރަނީ. އެތަނުގެ އިސްވެރިާ އުޅޭނީ އެހެންކަމެއްގަ. އެެހެން އެޖެންޑަާއެއްގަ. އެތަން ހިންގާޏެ އެހެން މީހަކުބޭނުންވޭ. ފަންނީ މީހަކު ތާށިކޮށްފަ ބަހައްޓައިގެން ވަނީ ގެއްލުން. ވާރލްޑް ބޭންކުން ޕްރޮޖެކްޓުން އެލަވަންސް ނަގައިގެން ކުރާ މަސައްކަތެއްނެތް.