Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހައްޖު އަގަށް ހެޔޮ ބަދަލު ގެންނަން ކޯޕަރޭޝަނުން ރިއަލް އެސްޓޭޓް ވިޔަފާރި ތެރެއަށް

ހައްޖު އަގަށް ހެޔޮ ބަދަލު ގެންނަން ކޯޕަރޭޝަނުން ރިއަލް އެސްޓޭޓް ވިޔަފާރި ތެރެއަށް

ރިއަލް އެސްޓޭޓް ވިޔަފާރީގެ އިންވެސްޓްމަންޓްތަކާއެކު ހައްޖުގެ އަގުހެޔޮކުރުމުގެ މަސައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ފަށައިފިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައިވާ ފަދައިން، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުން ހަރުދަނާކުރެއްވުމާއެކު، ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް ގާއިމްކޮށް ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

ހައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައްކޮށް ހައްޖު ކޯޕަރޭޝަނަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހައްޖު ކޯޕަރޭޝަން ހަދައި ހައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރެވިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Advertisement
Allied Insurance — Square (box)

<img class="aligncenter wp-image-221814 size-full" src="https://cdn.dhen.mv/wp-content/uploads/2024/04/406435706_744049981096652_5701493699977691974_n.jpg" alt="" width="1280" height="853" />

މި ސަރުކާރުން ހައްޖު ކޯޕަރޭޝަނަށް ގެންނެވި ބަދަލާއެކު އެ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާވެ އެ ކޯޕަރޭޝަންގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެއްވުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަކީލް ގެންދަވަނީ ކުރައްވަމުންނެވެ.

ހައްޖު ފަންޑުން ކުރެވިދާނެ އިންވެސްޓްމަންޓްތައް ދެނެގަނެ އެކަމާގުޅޭ ދުރުރާސްތާ ޕްލޭން އެކުލަވާލުމަށްފަހު އެމަސައްކަތްވަނީ އަމަލީގޮތުން ފައްޓަވާފައެވެ. އެގޮތުން ކުރާ ފުރަތަމަ ކަމެއްގެ ގޮތުން، އެކުންފުނިން ވަނީ ގެދޮރު ބިނާކުރުމުގެ ވިޔަފާރިއަށް އިންވެސްޓް ކުރުމަށް ނިންމާ، ހުޅުމާލެ ފޭސް 2 ގައި ރެސިޑެންޝަލް އެޕާޓްމަންޓް ހިމެނޭ އިމާރާތެއް ތަރައްގީކުރުމަށް ހައުސިންގެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެކަމަށްބޭނުންވާ 22000 އަކަފޫޓުގެ ބިން ގަތުމަށްޓަކައި 25 އެޕްރީލް 2024 ވަނަ ދުވަހު ހައުސިންގެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

<img class="aligncenter wp-image-221813 size-full" src="https://cdn.dhen.mv/wp-content/uploads/2024/04/413974178_756484979853152_3987324605755998711_n.jpg" alt="" width="1280" height="962" />

މި ޕްރެޖެކްޓާ ބެހޭގޮތުން ޝަކީލް ''ދެން'' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މި ޕްރޮޖެކްޓްގެ އެންމެ ބޮޑު އަމާޒަކީ ހައްޖު ކޯޕަރޭޝަނަކީ ސަރުކާރަށް ބަރޯސާނުވެ ހިންގާ ކުންފުންޏަކަށް ހެދުމާއި އެކު ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ޙައްޖުގެ އަގު ކުޑަކުރުމެވެ. މި އަމާޒަށް ވާސިލްވުމަށް މިފަދަ ހަރުދަނާ ފައިދާ ކުރަނިވި އިންވެސްޓްމަންޓްތަކަކީ ވަރަށް މުޙިއްމު ކަމެއްކަމުގައި ވިދާޅުވިއެވެ.

މި ސަރުކާރުން ހައްޖު ކޯޕަރޭޝަނަށް ގެނައި ބަދަލާއެކު އެ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާވެ އެކުންފުނިން ދެމުންދާ ހިދުމަތްތަކަށް އެދެވޭ ހެޔޮ ބަދަލުތައް އަންނަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް އެ ކުންފުނީގެ ހުރިހާ ހައްޖުވެރިންގެ އަތުގައި ލޮކޭޝަން ޓްރެކިންގ ޑިވައިސް އެއް ހަރުކޮށް ހުރިހާ ޙައްޖުވެރިންގެ ހަރަކާތްތައް ބެލޭނެ އިންތިޒާމްވަނީ ގާއިމްކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް