ޚަބަރު

ގާބިލު މުވައްޒަފުން ނުލިބެނީ އުޖޫރައިގެ ހަމަހަމަކަން ނޯންނާތީ: ސީއެސްސީ

އަލީ ސަމާޙް ، ދެން އޮންލައިން
ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު (މ)

ސިވިލް ސާވަންޓުންގެ އުޖޫރައިގެ ހަމަހަމަކަން ގާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސާވީސްގެ ދާއިރާކަށް ގާބިލު މީހުން ލިބުމުގެ ދަތިތައް ތަހައްމަލުކުރަން ޖެހޭ އަދި ހިދުމަތުގައި މިހާރުވެސް ދެމިތިބި މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާއި ކުރިމަތިލާން ޖެހިފައިވާ ދުވަހެއް ކަމަށް ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތޯބުގައި ނާސިހު ވިދާޅުވީ، ޒަމާނީ ފެންވަރެއްގައި އަވަސް ހިދުމަތްތަކެއް ރައްޔިތުންނަށް ދިނުމުގެ މުގައްދަސު ޒިންމާ އާއި ވާޖިބު އަދާކުރާ ސިވިލް ސާވަންޓުންގެވެސް ހުނާރާއި ގާބިލްކަން މަތިކުރުމަށް އިތުުރަށް މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.

މަސައްކަތުގެ އުޖޫރަ މަތިކޮށް އެ އުޖޫރައިގެ ހަމަހަމަކަން ގާއިމްކުރަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ނަތިއްޖާއެއްގެ ގޮތުން ސިވިލް ސާވީސްގެ ތައުލީމީ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

ނަމަވެސް ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި އެ ކުރިއެރުން ލިބިފައިނުވާކަން ނާސިހު ފާހަގަކުރެއްވިއެވެ.

''އަދި މި ދެންނެވި އުޖޫރައިގެ ހަމަހަމަކަން ގާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސާވީސްގެ ދާއިރާތަކަށް ގާބިލު މީހުން ލިބުމުގެ ދަތިކަން ތަހައްމަލު ކުރަންޖެހޭ އަދި ހިދުމަތުގައި މިހާރުވެސް ދެމިތިބި މިފަދަ މުވައްޒަފުންނަށް ނުތަނަވަސް ކަމާއި މާޔޫސްކަމާއި ކުރިމަތިލާން ޖެހޭ ދުވަހެއްކަން ފާހަގަކުރަން'' ސީއެސްސީގެ ހުރިހާ ފަންތީތަކާއި ގިންތިތަކެއްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަށް އޫޖުރައިގެ ކުރިއެރުން ލިބިދިނުމާއި އުޖޫރައިގެ ހަމަހަމަކަން ގާއިމްކުރުމުގެ މަސައްކަތް ވިހައިވެސް އަވަހަކަށް ނިންމައިދޭން ނާސީހު، ސަރުކާރުގައި އެދިވަޑައިގެންނެވިއެވެ.

ސީއެސްސީ އަކީ ސަރުކާރުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުމާއި ރައްޔިތުންނަށް ހިދުމަތްކުރުމަށް އޮތް މުއައްސަސާއަކަށްވާ އިރު ރައްޔިތުން ބަލައިގަންނަން ގޮތެއްގައި ހިދުމަތް ދިނުމުގައި އަދި ހިދުމަތް ހޯދާ ފަރާތްތަކަށް މުއާމަލާތްކުރުމުގައި ސާފު އަދި ދެފުށް ފެންނަ ގޮތް ހިޔާރުކޮށް މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތްކުރުމުގެ މުހިއްމު ކަމަށް ނާސިހުގެ ފާހަގަކުރެއްވިއެވެ.

  1. ހަލީމަތު

    އަސްލު ވާގޮތަކި ސިވިލްގަ މުސާރަކުޑަ އެކަމު ހެދުން އަޅަން ޖެހެނި ވެސް ވަކި ގޮތަކައް އެއްމެ ބުރަކޮން މަސައްކަތްކުރަނީ ސުކޫލް ތަކުގަ އުޅޭމަަަަސައްކަތު ދައްތަމެން އެދައްތަމެނައް މުޅި ދުވަހުގަ ވެސް މަސައްކަތް ކޮއްގެން މަހަކު/ 9000 ވެސް ނުލިބެ ވަޒީފާގެ ކުރި އެރުން ވެސް ނުލިބެ ސުކޫލް އެއްގަ ވީމަ އެހެން މަސައްކަތެއް ކުރާކައް ވަގުތެއް ނުލިބެ

  2. މުދިމު

    ބަންގާޅިންވެއްދީމަތިކަންހައްލުވީ

  3. ފަހުމީ

    ސިވިލްސާވިސް ކޮމިސަންމުވައްޒަފުންނަން ލިވިންއެލަވަސް އެހެނިހެން އެލަވަސް ހަމަޒެއްސޭ ސިވިލްސާވިސް މުވަޒަފުން ވީމާ ލިވިންއެލަވަންސް ދޭން ނުޖިހޭ ؟؟؟؟

  4. ޙައްވަ

    ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރައްވާ ޓީޗަރުން ކޯސްހެދުމުން ލިބެންޖެހޭ ސެޓްފިކެޓް އެލަވަންސް ނުލިބޭތީ އިންތިހާއަށް ކަންބޮޑުވަމެވެ. އަޅުގަނޑުމެން ކިޔަވަނީ ވަރަށްބޮޑު ހަރަދެއްކޮށްގެންނެވެ. މިއީ ހަމައެކަނި އަޅުގަނޑުމެންގެ ކުރިއެރުމަށް ކުރާ މަސައްކަތެއްވެސް ނޫނެވެ. މީ ދަރިވަރުންގެ ކުރިއެރުމަށް ވެސް ކުރާ މަސައްކަތެކެވެ. ވީމާ އޮނިގަޑަށް އައިބަދަލާއި ގުޅިގެންނޭ ކިޔާފަ ޓިޗަރުންގެ ހައްގުތައް ހިފެހެއްޓުމަކީ ކިޔަވާދިނުމުގެ ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމެއް ކަމުގައި ދެކެމެވެ. އަދި މިމައްސަލަ ހައްލުކޮށް ދެއްވުމަކީ ކަމާއިބެހޭ މުއައްސަސާތަކުގެ ޒިއްމާއެއް ކަމުގައި ވެސް ދެކެމެވެ.

  5. ޙައި

    ސީއެސްސީގެ މެންބަރުންނަށް ލިވިންގ އެލަވަންސް ވެސް ލިބޭ. ސިވިލް ސަރވަންޓުންނަށް ނުލިބޭ. މިހަމަހަމަކަން ނެތީމަ ނުލިބެނީ މުވައްޒަފުން. ތެދުބަހުން ވާހަކަ ދައްކަވާ އޮަޅުވާނުލައްވާ.