ޚަބަރު

ނޮޅިވަރަންފަރުން 5 ބަނބުކެޔޮ ގަސް ކުއްޔަށް ދޫކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހދ. ނޮޅިވަރަންފަރުން، ކުރިން ފަހަރުތަކެކޭ އެއް ގޮތަށް މި ފަހަރުވެސް 5 ގަސް ބަނބުކެޔޮ ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.

Ads by STELCO

ނޮޅިވަރަންފަރު ކައުންސިލުން ސަރުކާރު ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއެކޭވެސް އެއްގޮތަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ބަނބުކެޔޮ ގަސްތައް ކުއްޔަށް ދޫކުރަނީ އެ ސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ވިނަނޮޅާ ކުނިކާ ސާފުކުރުމަށް ޝަރުތުކޮށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު އަންނަ ހޯމަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމަށް ކައުންސިލުން އެދެއެވެ.

އަންދާސީ ހިސާބު ހުށަހަޅާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލުކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!