ޚަބަރު

14 އަހަރުގެ ކުއްޖާގެ އަމަލަށް ހިތްވަރު ލިބޭތީ ރަށު ކައުންސިލުގެ ކަންބޮޑުވުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލޯބިވެރިޔާއާ ބައްދަލުކުރަން، ސިނަމަން ވެލި ފުށި ރިސޯޓްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި ދުއްވާފައި މާލެ ދިޔަ 14 އަހަރުގެ ފިރިހެން ކުއްޖާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާއި ގުޅޭ ގޮތުން އެ ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by STELCO

އެ ފިރިހެން ކުއްޖާ ފިލައިގެން ގޮސްފައިވަނީ އިއްޔެ ހެނދުނު ވަގުތެއްގައި ކަމަށްވެއެވެ. އޭނާ މާލެ ދިޔަ ލޯންޗު ހުޅުމާލޭ ފަޅުގައި އަޅާފައި އޮއްވާ ފުލުހުން ވަނީ ހޯދާފައެވެ.

ލޯންޗުގައި އެކަނި ކުޑަކުއްޖަކު މާލެ ދިޔަ ހަބަރާއެކު ސޯޝަލް މިޑިއާގައި ގިނަ ބަޔަކަށް އެކަންވީ މަޖާ ކަމަކަށެވެ. އެ ކުޑަކުއްޖާ އަކީ ލޯބިވެރިންނަށް މިސާލެއް ކަމަށް ބުނެ އެއް ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.

މި ކުއްޖާ ނިސްބަތްވާ ރަށުގެ ކައުންސިލުގެ ރައީސް މިއަދު ''ދެން'' އަށް ވިދާޅުވީ މި ދަނޑިވަޅަކީ އެ ކުއްޖާގެ އާއިލާއަށް ވަރަށް ދަތި، އުދަނގޫ ދަނޑިވަޅެއް ކަމަށެވެ.

އައިލާ ބޭފުޅުންނަށް ވަރަށް އުދަނގޫ މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަން، މަންމަ އަށް ކައުންސިލިން ދެމުން ދަނީ

''ސޯޝަލް މިޑިއާގެ ޕްލެޓްފޯމް ގައި މި ފަަދަ ކަންކަމަށް ޖޯކު ޖެހުމާއި، މަޖާކުރުމުގެ ބައި ގެންގުޅުން މިއީ އަސްލު ވަރަށް ދެރަކަމެއް، ހަގީގަތުގައި މިއީ ވަރަށް ބޮޑު ކަމެއް ކުޑަ، ކަމެއް ނޫން'' ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

''އެ ކުއްޖާ އަށް އެ ކުރެވުނު ކަމަކީ މާ ބޮޑު ކަމަކަށް ނެހެދި ޖޯކަކަށް މިވަނީ، އެ ހިސާބުން ގިނަ ފަހަރު ކުޑަކުދިންނަށް ލިބެނީ އިތުރު ހިތްވަރެއް'' އެފަދަ ކަންކަން ނުކުރަން ކައުންސިލުގެ ރައީސް އިލްތިމާސް ކުރިއެވެ.

Ads by Allied Insurance
  1. ނާނާ

    އަސްލުވެސް ވަރަށް ދެރަ އެމީހަކަށް ދިމާވީމަ އެނގޭނީ

  2. މުހައްމަދު

    މުސްތަގުބަލުގަ އަހުލާގު ރަނގަޅު މޮޅު ކައްޕި އަކަށް ވުން ދުއާ އަކީ

  3. ާަހސހސގ

    މީހަކު އަނިޔާއިން ސަލާމަތްކުރަންވާނީ އަނެއް އެތައްބާވަރު ބައެއްގެ މުދަލަށް ގެއްކުންދީ ، ޤާނޫނީ ގޮތުން މަނާ އެތައްކަމެއް ކުރުން ހުއްދަވެގެން ތޯ ؟؟؟؟

  4. ސޮރީ

    ހުުޅާލެ އާ މާލެ ހުޅުމާލެ ފެރީ ޓާމިނަލް (ލޯންޗު ފެނުނީ ނަސަންދުރާ ކައިރިން) އެއްވެސް ހަބަ ގަ ނުލިޔެ ރަނަގަޅަށް

  5. އަހަރެން

    މަންމަ ސޯސަލް މީޱިޔާ އާއި ދުރުވެލާ… ދަރިފުޅައް ފޯނެއް ދީފަ އޮންނައިރު އޭގެން ދަރިފުޅު ކުރާކަންތައް ވެސް ބަލަން ވާނެކަން މަންމަ އަށާއި ބައްޕަ އަށް އެގެން ވާނެ. ލޯބިވެރިޔަކާ ހެދި އެ ކުރި ކަންތައް އެއްވެސް ގޮތެއްގަ ބަލައެއް ނުގަނެވޭނެ. ލޯ ހުޅުވިއްޖެ ކަމަށް ހީކުރަން