ޚަބަރު

ހޫނުގަދަވުމުގެ ސަބަބުން އަންނަ މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވެދާނެ: ފަހުމީ

އައިކާ ޔުނާން ، ދެން އޮންލައިން

މި ދުވަސްވަރު ހޫނުގަދަވެ, ކަރަންޓު ބޭނުން ކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީ އަންނަ މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ލަފާކޮށްފިއެވެ.

Ads by STELCO

ދައުލަތުގެ މީޑިއާގެ ޕްރޮގެރާމެއްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ރޭ ވިދާޅުވީ, މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ހޫނުގަދަވި ދުވަސްވަރު ކަމަށާއި ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.

ހަމަ އެގޮތަށް މި އަހަރު ވެސް އިތުރުވެ, ކަރަންޓު ބިލުތައް ބޮޑުވެފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ. އޭޕްރިލް މަހެކޭ އެއްފަދައިން, އަންނަ މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ ކަމަށް ސްޓެލްކޯގެ ފޯކާސްޓުތަކުން ދައްކާ ކަމަށެވެ.

"ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ބިލު ބޮޑުވެގެން މިއުޅެނީ. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުމަކީ، އެއީ ހަގީގަތަކީވެސް," ފަހުމީ ވިދާޅުވިއެވެ.

އޭޕްރިލް މަހުގެ ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އޭޕްރިލް/މެއި މަހަކީ ރާއްޖޭގައި އަބަދުވެސް އެންމެ ހޫނުގަދަ މަސްތަކެވެ. މި ދުވަސްވަރު ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އާންމުން ކޮންމެ އަހަރަކު ވެސް ކުރެ އެވެ.

އެކަމާ ގުޅިގެން މިދިޔަ ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވަނީ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހޫނު މޫސުމުގައި އެހެން ގައުމުތަކުގެ ބިލު ވެސް ބޮޑުވާ ކަމަށެވެ.

Ads by Allied Insurance
  1. ހުސްބަސްތީ

    އަހަރެމެން ގޭގައި ހުނުގަދަވިޔަސް ނުވިޔަސް ބޭނުންކުރަނީ 3 ފަންކާ އާއި 1 އެއަރކޯން، މީގެކުން 1000 ރުފިޔާ މިހާރު 2500 ރުފިޔާ

  2. ކޭމްޕޭނަ ހަރަދު ކުރި ފައިސާ ހަމަ ވަންދެކަށް ޔުޓިލިޓީ ބިލް ބޮޑުވާނެ އެއީ ހުރިހާ މީހުން ދަންނަ ބޮޑު ސިއްރު ، ސިޔާސީ މީހުންނަކީ ރައްޔިތުންގެ ޖީބު ލޫޓޫވާ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރި ޗޯރުން !