ޚަބަރު

ރައްޔިތުންގެ އުފާވެރިކަން މިންކޮށް އެވޯޑް ދެނީ

އަލީ ސަމާޙް ، ދެން އޮންލައިން
އާދަމް ޝަރީގް، ގެއަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން

ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންގެ އުފާވެރިކަން މިންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް އިން ހާމަކޮށްފިއެވެ.

Ads by Hajj Corporation

މިއަދު ސްޓެލްކޯގެ ތަމްރީނުދޭ މާލަމުގައި ބޭއްވި ޕްރެސް ބްރީފިންއެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުން ބޭނުންވާ އުފާވެރިކަމާއި ހިތް ހަމަޖެހުން ދެނެގަނެވޭނެ ގޮތް ހޯދުމަށްޓަކައި މާނަހުރި ގޮތެއްގައި މަސައްކަތްކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ.

އެހެންވެ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ބެލުމަށްޓަކައި  ''ހެޕިނެސް އިންޑެކްސް'' އެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

''ރަށްރަށުގެ ހާލަތު ރައްޔިތުންނަށް ލިބޭ އުފާވެރިކަން އެ ރަށްރަށުގެ ރައްޔިތުން މިންކުރާނެ ގޮތެއް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެއް، މި މަސައްކަތް އަޅުގަނޑުމެން ރާވާފައިވަ މިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ފަރާތްތަކަކާއި މަޝްވަރާ ކުރެވިގެން ކޮންސަލްޓެޓިވް ޕްރޮސެސް އެއްގެ ތެރެއިން، ގިނަ ފަރާތްތަކުގެ މަޝްވަރާގެ ދަށުން އެކުލަވާލެވޭ އިންޑެކްސްގެ ތެރެއިން'' އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ގެންދާނީ ހެޕިނެސް އިންޑެކްސްއިން އެންމެ ރަނގަޅު ނަތިއްޖާ ހޯދަ ރަށަކަށް އަގުވަޒަން ކުރުމަށް އެވޯޑެއްވެސް ދޭ ގޮތަށް ކަމަށެވެ. ހެޕިނެސް އިންޑެކްސް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކެއް އެކުލަވާލާނެކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން ކުރާނީ އާއްމުންގެ ހިޔާލާ މަޝްވަރާގެ މަތިން ކަމަށެވެ. އެކަން ދޫކޮށްލަނީ ރައްޔިތުންގެ އަތް މައްޗަށް ކަމަށް ވިދާޅުވިއެވެ.

''ގިނަ ބަޔަކު ނުވަތަ ފަންނުގައި މަސައްކަތްކުރައްވާ ފަރާތްތަކާ އެކުގައި މަޝްވަރާ ކުރެވިގެން ގިނަ ބޭފުޅުންނަށް ގަބޫލުކުރެވޭ އޮނިގަނޑެއް ތެރެއިން ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަން'' ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހެޕިނެސް އިންޑެކްސްގެ ކަނޑައެޅުމުގެ މަސައްކަތް އަންނަ އަހަރު ތަންފީޒު ކުރެވޭނެތޯ މަސައްކަތްކުރަމުންދާ ކަމަށެވެ.

ވޯލްޑް ހެޕިނަސް ރިޕޯޓަކީ ދުނިޔޭގެ އެންމެ އުފާވެރި ގައުމު ކަނޑައަޅާ ލިސްޓެކެވެ. ހެޕިނެސް އިންޑެކްސް ކަނޑައެޅުމުގައި އާއްމުކޮށް ބަލަނީ ކުށް މަދުވުމާއި، ދެމެހެއްޓެނިވި ތަރައްގީ އަށާއި، ސާފުތާހިރު ކަަމަށާއި އެކުވެރިކަމާއި ބަދަހިކަމާއި، އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ފަދަ ކަންކަމުގެ މައްޗަށް ރިޔާއަތްކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!