Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްއޭސީއެލް އެމްޑީގެ ކާރު ވަގަށް ގެންދިޔަ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

އެމްއޭސީއެލް އެމްޑީގެ ކާރު ވަގަށް ގެންދިޔަ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ގެންދިޔަ މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެމްއޭސީއެލްގެ އުޅަނދެއް ގެއްލިފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކާރަކީ އެމްޑީގެ ކާރެެވެ. އަދި ކާރު ގެއްލިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ހުއްދައަކާ އެކު ނޫން ގޮތަކަށް ނުވަދެވޭ ސަރަހައްދެއްގައި އޮއްވައެވެ. މިކަން ހިނގި ފަހުން ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.

Advertisement
HDC — Sidebar (box)

އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި  އެ ވެހިކަލް ގެންގޮސްފައި ވަނީ ނަންބަރު ބޯޑު ބަދަލުކޮށްގެންނެވެ. މިހާރު އެ ކާރު ފެނިފައިވާއިރު، އެ ކާރު ފެނުންތަނުން އެއާޕޯޓުން މީގެ އެތައް ދުވަހެއް ކުރިން ގެއްލިފައިވާ އިމިގްރޭޝަންގެ ވެހިކަލެއް ވެސް ވަނީ ފެނިފައެވެ.

ފުލުހުން ބުނީ، މި މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް