Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެއާޕޯޓު ތެރޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލައިފި

އެއާޕޯޓު ތެރޭގައި މާރާމާރީ ހިންގި ބިދޭސީ މީހާ ދޫކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރޭގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ ފިރިހެން މީހާ ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، ހެނދުނުގެ ވަގުތެއްގައި އެއާޕޯޓުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައި ކަމަށެވެ.

ނަމަވެސް، އޭނާގެ މައްޗަށް ކޮށްފައިވަނީ ކޮން ޝަރުތުތަކެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement
HDC — Sidebar (box)

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގަން މެދުވެރިވީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެމްއޭސީއެލްގެ މުވައްޒަފެއް އެދުމުން، އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

ސޯޝަލް މީޑިއާގައި އެ މާރާމާރީގެ ވީޑިއޯއިން ދައުރުވަމުންދިޔައިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި މުވައްޒަފަކު އޭނާއާ ވާހަކަ ދައްކަން އުޅުމުން ރުޅި އައިސްގެން ގޮށްމުށުން ޖަހައެވެ. އަދި އެހެން މުވައްޒަފަކު އެ ބިދޭސީ މީހާ ކޮށްޕާލުމުން އޭނާ ގައިގައި ވެސް ޖަހާތަން ފެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް