ޚަބަރު

އިނގިރޭސި ހައި ކޮމިޝަނާ ގުޅިގެން ކަރެކްޝަން ލީޑާޝިޕް ސެމިނާއެއް ބާއްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެމްއެމްސީ ލީޑާޝިޕް ސެމިނާގައި ބްރިޓިޝް ހައި ކޮމިޝަންގެ ޓްރެއިނާއެއް ލެކްޗާއެއް ނަގަނީ - ފޮޓޯ: ކަރެކްޝަން ސާވިސް

އިނގިރޭސިވިލާތުގެ ހައިކޮމިޝަނާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް އޮފިސަރުންނަށް ލީޑާޝިޕް ހުނަރުތައް ދަސްކޮށްދިނުމުގެ ސެމިނާއެއް ބާއްވައިފިއެވެ.

Ads by STELCO

އެއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން އެމްސީއެސްގެ ސީނިއާ މެނޭޖްމަންޓަށް ހިންގުމަށް ހަމަޖެހިފައިވާ ތިން ލީޑަރޝިޕް ސެމިނާގެ ފުރަތަމަ ސެމިނާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސްއިން ބުނި ގޮތުގައި އެ ސެމިނާތަކުގެ މައިގަނޑު މަގުސަދަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރުންގެ ލީޑާޝިޕް ހުނަރުތައް ތަރައްގީ ކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއަދު ފަށައިގެން ނިންމާލި އެ ސެމިނާގައި ބައިވެރިވީ 23 ކޮމިޝަންޑް އޮފިސަރުންނެވެ.

މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ސެމިނާގައި އިސްކޮށް ހަރަކާތްތެރިވީ ޕްރިޒަން ކޮމްޕޯނަންޓް ލީޑް ޑރ ޝޭން ބްރާޔަންސްއެވެ. އަދި މި ސެމިނާގައި ތަޖުރިބާކާރު ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވީ ޕޯލާ މިލީނޯ، ޑޭވިޑް ވެލްސް އަދި ޓޯނީ ހެސެލްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!