ޚަބަރު

ފޭބީ 76 ސިފައިން، ސިވިލިއަނުން އައީ އެ އަދަދަށް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް އޮފީހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު/ ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސަރުކާރުން ހަދިޔާކުރި ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރަން ރާއްޖޭގައި މީގެ ކުރިން ގާއިމްވެގެން ތިބީ އިންޑިއާގެ 76 ސިފައިން ކަމަށާއި، އެ ސިފައިން ބަދަލުގައި ސިވިލިއަނުން އައިސްފައި ވަނީ އެ އަދަދަށް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

Ads by STELCO

އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަން ގެނައި ހުރިހާ ސިފައިން ބުރާސްފަތި ދުވަހު ވަނީ އަނބުރާ ފޮނުވާލާފައެވެ.

އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރުމަށް ފޮރިން މިނިސްޓްރު މޫސާ ޒަމީރު އާއި ޑިފެންސް މިނިސްޓަރު ޢައްސާނު މައުމޫންއާ ދެ ބޭފުޅުން ވަނީ ޕްރެސް ބްރީފިންއެއް ބާއްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި އެ ޕްރެސް ގައި ފޮރިން މިނިސްޓަރު ޒަމީރު ވަނީ ސިފައިންގެ ތަފްސީލާ ގެންދިޔަ ތާރީހުތައް މިޑިއާތަކާއި ހިއްސާކުރައްވާފައެވެ.

ޒަމީރު ވިދާޅުވީ މާޗު މަހުގައި އިންޑިއާއިން އަނބުރާ ގެންދިޔައީ ސ. ގަން އަދި ހަނިމާދޫ ފްލެޓްފޯމް ގައި ތިބި 26 ސިފައިން ކަމަށެވެ. އޭގެ ތެރެއިން މާޗް މަހުގެ 7 ވަނަ ދުވަހު 12 ސިފައިން އަދި މާޗް މަހުގެ 9 ވަނަ ދުވަހު 14 ސިފައިން ގެންގޮސްފައިވާ ކަމަށެވެ.

އަދި އޭޕްރީލް މަހުގެ 7 އަދި 9 ވަނަ ދުވަހު ގެންގޮސްފައި ވަނީ 25 ސިފައިން ކަމަށެވެ.

''އަދި 7 އެޕްރީލްގައި ހަނިމާދޫގައި ތިބި 13 ސިފައިންނާއި، އޭޕްރީލް 9 ވަނަ ދުވަހު ގެންދެވީ 12 ބޭފުޅުން '' ޒަމީރު ވިދާޅުވިއެވެ. އޭގެ ފަހުން އެންމެ ފަހު ބެޗް ފޮނުވާލާފައިވަނީ މޭމަހު ނުވަ ވަނަ ދުވަހުއެވެ.

''ލ ކައްދޫގައި ތިބި ބޭފުޅުންގެ ތެެރެއިން 7 މޭގައި ގެންދެވުނީ 12 ބޭފުޅުން 9 މޭގައި ގެންދެވީ 13 ބޭފުޅުން އެއީ 25 ޖުމްލަ 76'' މިނިސްޓަރު ވިދާޅުވިއެވެ.

ސިވިލިއަނުންގެ ގޮތުގައި 76 މީހަކު ގެނެސްފައިވާއިރު ސ. ގަމުގައި 26 މީހުން، ހދ. ހަނިމާދޫގައި 25 މީހުން އަދި ލ. ކައްދޫގައި 25 މީހުން ތިބޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖެ އައި ސިވިލިއަނުންނަކީ ހެލިކޮޕްޓަރުތައް އުފެއްދި ހިންދުސްތާނު އެއިރޮނޮޓިކްސް ލިމިޓެޑްގެ މުވައްޒަފުންނެވެ.

Ads by HDC
  1. އޮޅުވާލުން

    ތީކީ އިންޑިއާސިފައިން ފޭބީކަމަކަށް ނުބެލެވޭނެ ދޯ ތީ ރައްޔިތުންނައް އޯޅުވާލި ބޮޑު އޮޅުވާލުމެއް ގަބޫލު ކުރިއަސްނުކުރިއަސް ހަގީގަތަކީ މީނޫންޔޯ