Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޖަގަހާގައި ހުޅުޖެހި މައްސަލާގައި ހައްޔަރުކުރި މީހާ ބަންދުން ސަލާމަތްވާން ހައި ކޯޓަށް

ޖަގަހާގައި ހުޅުޖެހި މައްސަލާގައި ހައްޔަރުކުރި މީހާ ބަންދުން ސަލާމަތްވާން ހައި ކޯޓަށް

ހދ. ކުޅުދުއްފުށި ސިޓީގައި ހުރި ޕީއެންސީގެ ޖަގަހައެއްގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، އޭނާގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހު 16 ވަނަ ދުވަހު، ރޯކޮށްލީ ކުޅުދުއްފުށި ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު ފަރުހަތު މުހައްމަދުގެ ކެމްޕެއިން ޖަގަހައިގަ އެވެ.

އެ މައްސަލާގައި 31 އަހަރުގެ ފިރިހެނަކު މިދިޔަ މަހު 25 ވަނަ ދުވަހު ހައްޔަރުކުރި އެވެ. އޭނާގެ ބަންދަށް ފުރަތަމަ 10 ދުވަސް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވުމުން ދެން 15 ދުވަސް ކޯޓުން ޖެހި އެވެ.

Advertisement
Allied Insurance — Square (box)

އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުން ބަންދުގައި ހުރި އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރި ކަން އެ ކޯޓުގެ ރަޖިސްޓްރީން ދައްކަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް