ހައްޖު ކޯޓާ އިތުރުވެދާނެ ކަމަށް ބަލައި ކިއު ލިސްޓަށް ގުޅަން ފަށައިފި
މިއަހަރު ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއާގެ ސަރުކާރުން ދޫކުރާ ކޯޓާގެ އަދަދު ރާއްޖެއަށް އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި، އެހެންކަމުން އެކަމަށް ހައްޖު ކޯޕަރޭޝަނުން މިހާރުންސުރެ ތައްޔާރުވަމުންދާ ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓާ މުހައްމަދު ޝަކީލް މިރޭ ވިދާޅުވެއްޖެއެވެ.
ޝަކީލް އެހެން ވިދާޅުވީ ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމްގައި ހައްޖުގެ އަޅުކަމަށް ވަމުންދާ ތައްޔާރީތައް ހިއްސާކުރަމުންނެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ދިއުމަށް މިހާރު ލިބިފައިވަނީ 1،000 ކޯޓާއެވެ. ނަމަވެސް، އެ އަދަދު އިތުރުވެދާނެ ކަމަށް ބަލައި، އެ ކޯޕަރޭޝަނުން ތައްޔާރުވަމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
އިތުރަށް ޝަކީލް ވިދާޅުވީ، ކޯޓާ އިތުރުވުމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި، އެގޮތުން އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް ނިމިފައި ހުރި ކަމަށެވެ.
މީގެއިތުރުން، ކޯޓާ އިތުރުވެދާނެ އަދަދެއް ކަމަށް ލަފާކޮށް، އެ އަދަދަށް ކިއު ލިސްޓުގައި ތިބި ފަރާތްތަކަށް ގުޅައި ތައްޔާރުވުމަށް އަންގަމުންދާ ކަމަށެވެ. އެގޮތުން، ކޯޓާ އިތުރުވެއްޖެ ހާލަތެއްގައި އެ ފަރާތްތަކަށް ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ދެވޭނެކަން އަންގައި، ޕާސްޕޯޓުގެ މުއްދަތު ހަމަވެފަތޯ އޮތީ ބެލުމަށް އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ރިއެކްޓިވް އެކްޝަން އެއްގެ ބަދަލުގައި ޕްރޮއެކްޓިވް އެކްޝަންއެއް ނަގާފައި މިވަނީ. ކޯޓާ ލިބިދާނެ ކަމަށް ލަފާކުރެވޭ އަދަދަށް ބަލާފައި އަޅުގަނޑުމެން ކިއު ތަރުތީބުގައި ހުރި ބޭފުޅުންނަށް މިދަނީ އަންގަމުން ޕާސްޕޯޓް މުއްދަތުހަމަވެފަތޯ ޗެކް ކޮށްލަން،"
މިއަހަރު ހައްޖު ކޯޓާ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިދިޔަ ހަފްތާގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވެސް ވިދާޅުވެފައިވެއެވެ.
ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ އިތުރު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ގިނަ މަސައްކަތްތައްތަކެއް ކުރައްވަމުންގެންދަވާ ކަމަށާއި ސައުދީ އަރަބިއްޔާއަށް ސިޓީއެއްވެސް ފޮނުއްވާފައި ކަމަށެވެ.
މި ވާހަަކަ ދައްކާ މީހުންނަކީ އަމިއްލަ ޖަމްއިއްުޔާ ހަދައިގެން މިކަން ކުރާމީހުން. ކޮންފްލިކްޓް އޮފް އިންޓަރެސްޓް އޮތް މީހުން. އިޚްލާސްތެރިކަމެއް ނެތް.
އަލުގަނޑަކީ 23 ވަނައަހަރު ދެއްވޭނެ ކަމަށް ބުނިބޭފުޅެ އެކަމަކު މިހާރުއިނީ 25 އަހަރަށް މިވަނީ ކިހިނެއްތޯ؟
ކޮވިޑް ގެ ސަބަބުން 2 އަހަރު ހައްޖުގެ އަޅުކަމަށް މީހުންނަށް ނުދެވި ދިޔަ ނޫންތޯ. އެހެންވެ ކަމަށް ވެދާނެ 2 އަހަރު ފަހަތަށް ޖެހިލާފަ ތި އިނީ.
މީގެ ކުރީން ވެސް ފަހުން1000 ކޯޓާލިބޭ