Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑޮމެސްޓިކް ޓާމިނަލަށާއި، އިތުރުވާ ލަގެޖަށް ފައިސާ ނަގަނީ

ޑޮމެސްޓިކް ޓާމިނަލަށާއި، އިތުރުވާ ލަގެޖަށް ފައިސާ ނަގަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްއަށް ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު 10 ރުފިޔާ ނެގޭ ގޮތަށާއި، ތިން ލަގެޖަށް ވުރެ އިތުރަށް ޓެކްސީއަކަށް އަރުވާ ނަމަ އިތުރަށް ފައިސާ ނެގޭ ގޮތަށް ހަދައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން، މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ބަދަލުގެނެސް، އަގުތައް ކަނޑައަޅައި މިއަދު ވަނީ <a href="https://www.gazette.gov.mv/iulaan/290173">އާންމުކޮށްފައެވެ.</a>

މި އިއުލާނުގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ، ޑޮމެސްޓިކް ޓާމިނަލްއަށް ކުރެވޭ ދަތުރުތަކުން، އެއަޕޯޓް އަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 15 ރުފިޔާ ޗާޖް ކުރެވޭނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

އިތުރަށް އެ އިއުލާނުގައި ބުނީ، ޓެކްސީއަށް އަރުވާ ލަގެޖްގެ ތެރެއިން 3 ލަގެޖް އަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ޗާޖު ކުރެވޭނެ ކަމަށެވެ.

މިނިސްޓްރީއިން ވަނީ މާލެ ސަރަހައްދުގައި ހަ ފަސެންޖަރުން ނުވަތަ އެއަށްވުރެ ގިނަ ފަސެންޖަރު އަރުވައިގެން ޓެކްސީ ކުރެވޭނެ އަގުތައް ކަނޑައަޅާފައެވެ.

ޓެކްސީގެ އަގުތަކަށް މި ބަދަލުތައް މިނިސްޓްރީއިން ގެނެސްފައިވަނީ، ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން، އެކި ޓެކްސީއިން އެކި އަގުތައް ދަތުރުތަކަށް ނަގަމުންދާތީ ގިނަ ފަރާތްތަކަކުން ވަނީ އެ ކަންބޮޑުވުން ސޯޝިއަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް