ލޮލަށް ބޭސް އަޅާ މީހުން ސަމާލުވޭ! ޑރ.ފައިސަލްގެ ނަސޭޙަތެއް
ސުޓެރެއިޑް ހިމެނޭ ބޭހެއް ވަރަށް މުހިންމު ބޭނުމެއްގައި ނޫނީ ލޮލަށް ނޭޅުމަށް ކުޑަކުދިންގެ މަޝްހޫރު ޑޮކްޓަރ ،ޑޮކްޓަރ އަޙުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓެރޮއިޑް ހިމެނޭ ބޭސް ލޮލަށް އެޅުމުގެ ސަބަބުން ލޯ ހަލާކުވެ ފެނުން ވެސް ގެއްލިދާނެ ކަމަށެވެ. އަދި ބޭނުން ކުރަން ޖެހުނަސް އެ ބޭސްތައް ދޭންވާނީ ލޮލުގެ ޚާއްޞަ ޑޮކްޓަރުން ކަމަށާއި އެހެން ނޫނީ އެފަދަ ބޭސްތަކަކީ މަނާ ކުރަންޖެހޭ ވަރުގެ ބޭސްތަކެއް ކަމަށް އައިޖީއެމްއެޗްގެ ލޮލުގެ ޑޮކްޓަރު ޑރ.އައްޒާމް ވިދާޅުވެފައިވާ ކަމަށެވެ.
މިވާހަކަފުޅަށް ބާރު ދެއްވާ ޑރ.އައްޒާމް ވިދާޅުވީ ލޮލަށް ބޭސް އަޅާ މީހުންގެ ލޯ ކައިރި ދުޅަވުމަކީ ބޭހުގައި ހުންނަ ޕްރޮސަވޭޓިވްސްގެ ސަބަބުން ދިމާވާ ސައިޑު އިފެކްޓެއް ކަމަށާއި އެފަދަ ޙާލަތެއްގައި ބޭސް ބޭނުން ކުރެއްވުން ވަގުތުން ހުއްޓާލުމަށްފަހު ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދެއްވާފައެވެ.
ސްޓެރޮއިޑް ހިމެނޭ ބޭހާއި މެދު އިންޒާރު ކުރައްވަމުން ޑރ.ފައިސަލް ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވަނީ އެފަދަ ބައެއް ބޭސްތަކުގެ ފޮޓޯއެއް ވެސް ހިމަނުއްވާފައެވެ. އޭގައި ފެންނަ ދެ ބޭހަކީ ވެސް ރާއްޖޭގައި އާންމުކޮށް ލޮލުގެ ޑޮކްޓަރުން ލިޔެދެއްވާ ދެ ބޭހެވެ.
އައިކެއާ އިން އެންމެންގެ ލޮލަށް އަޅާ ބޭސް ވެސް ބަލަން އެބަ ޖެހޭ. ބައެއް މީހުން ބުނޭ އެތަނުގަ ލޯ ޗެކް ކުރަން އެމީހުން ލޮލަށް އެއަޅާ ބޭސް އެޅީމަ ލޮލުގެ ފެނުން ދަށްވާ ވާހަކަ. ލޯ ހަލާކު ކޮށްފަ އައިނު އަޅަން ބުނަނީ ނޫންބާ. . . . . .