ޚަބަރު

ރައްކާތެރިވޭ! ސިހުރުވެރީންގެ އާންމު ސިހުރަކީ ކުރިއެރުމަށް ހުރަސް އެޅުމާއި މޮޔަކޮށްލުމަށް ހަދާ ސިހުރު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މުޖުތަމަޢުގައި އަބަދުވެސް އޮންނަ އެންމެ ނުބައި ، އެންމެ ނުރައްކާތެރި ސިފައަކީ ހަސަދަވެރިކަމެވެ. އެ ހަސަދައަކީ ތިމާ އިތުރު ފާފަތަކަށް އަރައިގަތުމަށް މަގު ފަހި ކުރުވާ ކަމެކެވެ. މީހެއްގެ ކުރިއެރުމާއި މެދު ނުވަތަ މީހެއްގެ ސިފަ ރީތި ކަމާއި މެދު ހަސަދަވެރިވެ މީސްމީޑިއާގައި ނެތިމޮށުމުން ފެށިގެން އަތްފައިން އޭނާއަށް ގެއްލުންދީ އެންމެ ފަހުން ސިހުރު ހާހޫރަ ހަދާ ތިމާ ޝިރުކުގެ އަލިފާނަށް އެއްލާލާ އެއްޗަކީ ވެސް ހަމަ ހަސަދަވެރިކަމެވެ.

Ads by MWSC

މި ވަބާއަކީ ރާއްޖޭގައި އާންމު ވަބާއެކެވެ. މީހުންގެ ކުރިއެރުމަށް ހުރަސްއަޅާ ، މީހުން މޮޔަކޮށްލާ ނެތިކޮށްލުމަށް ހަދާ ސިހުރުތައް ރާއްޖޭގައި އާންމެވެ. ސިޙްރުލް ޖުނޫން ނުވަތަ މޮޔަކުރުވާ ސިޙުރަކީ މީހާގެ ހޭބުއްދި ފިލުވާލާ ސިހުރެވެ. މިވާވަތުގެ ސިހުރު ޖެހުމުން އެމީހެއްގެ ހަމަބުއްދި ފިލާގޮސް މޮޔަ އެއްޗިހި ކިޔާ، އެހެން މީހުންނަށް އެފަދަ މީހަކު ހިފަހައްޓާ ނުލެވޭ ދަރަޖައަށް ވެސް ދެއެވެ. ސަބަބަކީ އަބަދުހެން ޝައިޠާނާ އެމީހެއްގެ ހަށިގަނޑުގައި ހުރެ މޮޔަކުރުވުމަށް މަސައްކަތް ކުރާތީއެވެ. ނުވަތަ ސިކުނޑިއަށް އެކި ކަހަލަ ވަސްވާސްތައް އަބަދު ވެއްދުމުގެ ނަތީޖާއެއްގެ ގޮތުން ވާނުވާ ނޭނގިި ކަންކަން އޮޅުން ބޮޅުންވެ މޮޔަވަނީއެވެ.

މިފަދަ ސިހުރެއް ޖެހިއްޖެނަމަ އެމީހަކު ކަންކަން ކުރަން ފޫހިވުމާއި ސިނގު ރުޅިއެއް އައުމާއި ކަންނެތް ވުމުގެ އިތުރުން އިރު އޮއްސޭ ގަޑީގައި ބޮލުގެ އެއްފަޅީގައި ރިއްސުން ފަދަ ކަންކަން ދިމާވާނެއެވެ. މީގެ އިތުރުން ދަށްބަނޑާއި ކަރުގެ އެއްފަޅީގެ އިތުރުން ގައިގެ އެކި ތަންތަން ހިރުވުމާއި އެކަނި އުޅުމަށް ލޯބިކޮށް މީހުންގެ ތެރޭގައި އުޅޭއިރު، ހާސްވެ ކަންބޮޑުވާ ގޮތްވުމަކީ ވެސް މިފަދަ ސިހުރުގެ އަލާމާތްތަކެވެ.

ސިހުރަށް އޮތް އެންމެ ބޮޑު އެއް ފަރުވާއަކީ ޝަރުޢީ ރުޤްޔާއެވެ. ޤުރުއާނަކީ ޝިފާއެއް ކަމަށް އެ ޤުރުއާން ބާއްވާލެއްވި ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވާފައެވެ. މިއީ ސިހުރުލް ޖުނޫނަށް އާންމުކޮށް ކުރާ ރުޤްޔާގެ އާޔަތްތަކެވެ.

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ ) سورة البقرة ( 255
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚرَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾ ) سورة البقرة( 285-286
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾) سورة الأعراف ( 117-122
فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ (سورة يونس( 81-82
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾) سورة طه (69
﴿٥﴾وَقَالُوا يَا أَيُّهَا الَّذِي نُزِّلَ عَلَيْهِ الذِّكْرُ إِنَّكَ لَمَجْنُونٌ ﴿٦﴾لَّوْ مَا تَأْتِينَا بِالْمَلَائِكَةِ إِن كُنتَ مِنَ الصَّادِقِينَ ﴿٧﴾مَا نُنَزِّلُ الْمَلَائِكَةَ إِلَّا بِالْحَقِّ وَمَا كَانُوا إِذًا مُّنظَرِينَ ﴿٨﴾إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴿٩﴾سورة الحجر
قَالَ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ ﴿٢٦﴾قَالَ إِنَّ رَسُولَكُمُ الَّذِي أُرْسِلَ إِلَيْكُمْ لَمَجْنُونٌ ﴿٢٧﴾قَالَ رَبُّ الْمَشْرِقِ وَالْمَغْرِبِ وَمَا بَيْنَهُمَا ۖ إِن كُنتُمْ تَعْقِلُونَ ﴿٢٨﴾سورة الشعراء

إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَـٰهَ إِلَّا اللَّـهُ يَسْتَكْبِرُونَ ﴿٣٥﴾وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ ﴿٣٦﴾بَلْ جَاءَ بِالْحَقِّ وَصَدَّقَ الْمُرْسَلِينَ ﴿٣٧﴾سورة الصافات

أَنَّىٰ لَهُمُ الذِّكْرَىٰ وَقَدْ جَاءَهُمْ رَسُولٌ مُّبِينٌ ﴿١٣﴾ثُمَّ تَوَلَّوْا عَنْهُ وَقَالُوا مُعَلَّمٌ مَّجْنُونٌ ﴿١٤﴾سورة الدخان

وَفِي مُوسَىٰ إِذْ أَرْسَلْنَاهُ إِلَىٰ فِرْعَوْنَ بِسُلْطَانٍ مُّبِينٍ ﴿٣٨﴾فَتَوَلَّىٰ بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ ﴿٣٩﴾فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ ﴿٤٠﴾سورة الذاريات

كَذَٰلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ ﴿٥٢﴾أَتَوَاصَوْا بِهِ ۚ بَلْ هُمْ قَوْمٌ طَاغُونَ ﴿٥٣﴾سورة الذاريات

فَذَكِّرْ فَمَا أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ ﴿٢٩﴾أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِ رَيْبَ الْمَنُونِ ﴿٣٠﴾قُلْ تَرَبَّصُوا فَإِنِّي مَعَكُم مِّنَ الْمُتَرَبِّصِينَ ﴿٣١﴾سورة الطور

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
ن ۚ وَالْقَلَمِ وَمَا يَسْطُرُونَ ﴿١﴾مَا أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ ﴿٢﴾وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ ﴿٣﴾سورة القلم

وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ﴿٥٢﴾سورة القلم

قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة (14
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾(سورة يونس57 (
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ ) سورة النحل ( 69
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(82
وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء ( 80
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت ( 44
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس (
:

މަތީގައިވާ އާޔަތްތައް ފެނަށް ކިޔަވައިގެން ބަލިމީހާއަށް ބޯންދޭށެވެ. އަދި ހަމައެހެންމެ ފެނަށް ކިޔަވައި ބަލި މީހާ ގަޔަށް ކޮންމެ ރެއަކު 12 ގެ ކުރީން ފެންއަޅާށެވެ. މީގެ އިތުރުން ކަޅުދިރި ތެލަށް ވެސް ކިޔަވައި ބަލި މީހާގެ ގައިގައި މިތެޔޮ އުނގުޅާށެވެ. އާންމު ހާލަތަށް ރުޖޫޢަ ވަންދެން މި ގޮތަށް އަމަލު ކުރާށެވެ.އިންޝާ ﷲ ސިޙުރު ބާތިލްވާނެއެވެ.

އާޔަތްތައް ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ބޭނުން އަދަދަކަށް ކިޔެވިދާނެއެވެ. އެހެންނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެންވެއެވެ. މިގޮތުން ކޮންމެ އާޔަތެއް 3 ފަހަރު، 7 ފަހަރުނުވަތަ 21 ފަހަރު ވެސް ކިޔެވިދާނެއެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ.

މިފަދަ ސިހުރުތަކާއި އެންމެހައި ޝައިތާނީ ވަސްވާސްތަކާއި ޢަމަލުތަކުން ރައްކާތެރިވެ ތިބުމަށް ކުރާން އޮތް އެންމެ މޮޅު ކަމަކީ ﷲގ ތަޢާލާ މަތިން ޒިކުރުކޮށް ރައްކާތެރިކަމަށް އެދުމެވެ. އެގޮތުން އަޅުކަންތަކަށް ފަރުވާތެރިވެ ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި އެކި ކަންކަމަށް ވާރިދުވެފައިވާ ދުޢާތައް ކިޔުން މަތީ ދެމިތިބުމަކީ ތިމާއަށް ރައްކާތެރިކަން ލިބޭނޭ ކަމެކެވެ. މީގެ އިތުރުން ކަޅުދިރި ބޭނުން ކުރުމާއި ކަޅު ބޮކަރު ތެޔޮ ގިނައިން ބޭނުން ކުރުމަކީ ވެސް ރައްކާތެރިކަމަށް އޮތް ފަރުވާއެކެވެ.

 

މަސްދަރު : ރުޤްޔާ ޑޮޓްކޮމް

Ads by Allied Insurance
  1. ކީކޯ

    ތިމާގެ މާމަޔާ މުޅި އާއިލާ ގުޅިގެން ރަށު އެނަމެނަށް ސިހުރު ހަދަމުން މު ހަބަރު ލިޔަން ލަދެއް ނުގަނޭ ދޯ ހަގީގަތް ފޮރުވަން