ޚަބަރު

މުދަލު ޒަކާތުގެ ނިސާބު ބޮޑުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނީ، މިއަދުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރަކީ ދިވެހި ރުފިޔާއިން 9353.40 ރުފިޔާ ކަމަށެވެ.

Ads by MWSC

މިއަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ނިސާބަކީ 7،140ރުފިޔާއެވެ. މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅާފައިވެއެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް ސަރުކާރުން ވަނީ ހުޅުވާފައެވެ.

Ads by Ooredoo
  1. ހައްވާ ރަޝީދާ

    މުދަލުގެ ޒަކާ އެއްމެ ހައްގ ވެރިފަރާ މިހާރު އޮޅޮއްޖެ ؟؟؟؟ ކޮބާ އެހައްގު ވެރިފަރާތަކީ މުއްސަތި މީހުންތޯޯޯ ބަފާނެތި ތިބޭ ޔަތީމު ކުދިންތޯ