ޚަބަރު

ދެ ސައިކަލު އެކްސިޑެންޓްވެ ޒުވާނަކަށް އަނިޔާވެއްޖެ

އަލީ ސަމާޙް ، ދެން އޮންލައިން
އަނިޔާވި ޒުވާނައަށް ފަރުވާދެމުން ދަނީ އޭޑީކޭގައި/ ފޮޓޯ: ޑޮކްޓާސް. އެމްވީ

މާލޭގައި، ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނީ، ދަރުބާރުގެ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 6:45 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެތަނުން އެއް ސައިކަލު ދުއްވި މީހާއަށް އަނިޔާވެ އޭޑީކޭގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވީ 19 އަހަރުގެ ޒުވާނަކަށެވެ.

ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެއެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!