މޫސުން ގޯސް، މުޅި ރާއްޖެއަށް ރީނދޫ ސަމާލު
ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި, މޫސުން އަދިވެސް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މިރޭ މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ނެރުނު އެލާޓްގައިވާ ގޮތުން މެންދުރު 14:30އާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭވެހި ވައި ބާރުވާނެ ކަަަމަށް ލަފާކުރެވެއެެވެ.
އާއްމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ އިރު, ވިލާގަނޑުގައި ގަޑިއަކު 50 މޭލާށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ހުޅަނގު މޫސުމުގެ ވިއްސާރާގައި, ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
Ads by Allied Insurance