ޚަބަރު

ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ބޮސްނިއާގެ މުސްލިމުންގެ ދިފާއުގައި: ސަރުކާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު/ ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ބޮސްނިއާގެ މުސްލިމުންގެ ދިފާއުގައި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

Ads by STELCO

ސަރުކާރުން ބޮސްނިއާގެ ވާހަކަ ދައްކާފައި މިވަނީ ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުން ހިންގި ގަތުލްއާންމު ބަލައިގަތުމަށް އ.ދ ގައި ނެގި ގަރާރުގައި ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާތީވެ އެކަމާއި ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ކޮންފަރެންސް ގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެވެ.

އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖެ އަދި މި ސަރުކާރުން މަސައްކަތްކުރަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ މުސްލިމުންނަށް ރަނގަޅު ގޮތްވުމަށް ކަމަށެވެ.

މަސައްކަތްކުރާނީ ބޮސްނިއާގެ މުސްލިމުންގެ ދިފާއުގައި. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ  ބޮސްނިއާގެ މުސްލިމުންނަށް އުފާވެރި އަމާން ރައްކާތެރި ދިރިއުޅުމެއް ހޯދައި ދެވޭނެ ގޮތަށް

އދ. އަށް ހުށެހީ ބޮސްނިއާ ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކު އެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ. ރާއްޖެ ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 56 މެމްބަރު ގައުމުގެ ތެރެއިން ވޯޓުގައި ބައިވެރިވީ 48 ގައުމަކުންނެވެ.

އަދި 8 މެންބަރު ގައުމަކުން މިވޯޓުގައި ބައިވެރިވެފައެއްނުވެ އެވެ. ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުން މިގަރާރަށް ތާއީދުކޮށްފައި ނުވެ އެވެ.

ނަން ހާމަކުރަން ޝަރުތުރުކޮށް ވާހަކަ ދެއްކި ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ދެން" އަށް ވިދާޅުވީ އޯއައިސީގެ 18 އެހެން ގައުމަކާ އެއްގޮތަށް ރާއްޖެއިން ވެސް ހިޔާރުކޮށްފައިވަނީ އެ ގަރާރާ ސިދާ ދެކޮޅަށް ވޯޓު ދިނުމުގެ ބަދަލުގައި ވަކި ކޮޅަކަށް ވޯޓު ނުދިނުމަށް ކަަމަށެވެ.

ރާއްޖެއިން ބޮސްނިއާ މައްސަލައިގައި ވޯޓުދީފައިނުވަނީ ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދޭން އދ ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު އަރަބި ގްރޫޕުގެ ފަރާތުން ހުށަހެޅި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ. އާ އެއްވިސްނުމެއްގައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ އޮފިޝަލް ވިދާޅުވި އެވެ. އަދި ބޮސްނިއާ އެންޑް ހަޒެގޮވިނާގެ މި މައްސަލައިގައި އިސްކޮށް އުޅޭ ގައުމުތަކުގެ ތެރޭގައި އިޒްރޭލަށް ފާޅުގައި ވާގިވެރިވާ ގައުމުތައް ހިމެނުމާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޯއައިސީގެ ގައުމުތަކުގެ އިތުރުން، އެ ގަރާރާ ދެކޮޅަށް ޗައިނާއިން ވޯޓުލާފައިވާއިރު އިންޑިޔާ، ލަންކާ، ނޭޕާލް، ބޫޓާން އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުންވެސް ވޯޓު ލާފައިވަނީ ދިވެހިރާއްޖެއާ އެއްގޮތަށެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖެއިން އެ ގޮތަށް ވޯޓު ދީފައިވަނީ މި ގަރާރުގައި ހިމެނޭ ގައުމުތަކުން ވެސް ގަރާރާ ގުޅިގެން އިއްތިފާގު ވެފައި ނުވާތީ އާއި އދގެ މައި ޝަރުއީ ގުނަވަން ކަމުގައިވާ އައިސީޖޭ އިން ނިންމަވާފައިވާ މައްސަލައެއްގައި، އިތުރު ނުތަނަވަސް ކަމެއް އުފެއްދުމަށް ބޭނުންނުވާތީ ކަމަށެވެ.

އެގޮތުން އެއްވެސް ބޭރު ގައުމެއްގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި މައްސަލަތަކުގެ ތެރެއަށް ވަދެ ބަސްބުނެ ހެދުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އުސޫލެއްނޫން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަދި ސަރުކާރުގެ ސިޔާސަތަކީ ބޮޑެތި ގައުމުތަކުގެ ތަޅާފޮޅުމުގެ ތެރެއަށް ނުވަދެ ރާއްޖޭގެ މަސްލަހަތަށް އެންމެ ފައިދާވާ ގޮތަކަށް ސިޔާސަތުތައް ބެހެއްޓުން އިސްލާމީ ވަރަށް ގިނަ ގައުމުތަކުންވެސް އެ ގަރާރާ ގުޅިގެން ވަކިކޮޅަކަށް ވޯޓު ދީފައިނުވަނީ، އެކަމުގައި މިހާރު އުފެދިފައިވާ ސަރަހައްދީ ވާދަވެރިކަމުގެ ތެރެއަށް ވަދެ ބަސްބުނަން ބޭނުންނުވާތީ ކަމަށް ސަރުކާރުގެ ސްޓޭންޑް ހާމަކުރަމުން އޮފިޝަލް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!