ފުރަތަމަ ފްލައިޓްގައި 298 ޙައްޖާޖީން, ޙައްޖަށް ފުރާނީ 31 ވަނަ ދުވަހު

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްދާ ޙައްޖުވެރިންގެ ފުރަތަމަ ބެޗް މިމަހުގެ 31 ވަނަ ދުވަހު ދާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ. ޙައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ 31 ވަނަ ދުވަހާއި އަންނަ މަހުގެ 3 އަދި 5 ވަނަ ދުވަހުގެ މެންދުރު ފަހުގެ ފްލައިޓެވެ.
މިއަހަރު ރާއްޖެއަށް ލިބުނު ހުރިހާ ޙައްޖު ކޯޓާއެއް ވެސް ދީފައިވަނީ ސަރުކާރުން ހިންގަމުން އަންނަ ޙައްޖު ކޯޕަރޭޝަނަށެވެ.
މައްކާއަށްދާ ފުރަތަމަ ބެޗްގެ ހައްޖާޖީންނަށް ރޭ ވަނީ ތަމްރީން ޕްރޮގްރާމެއް ބާއްވާފައެވެ. މި ތަމްރީން ޕްރޮގްރާމުގައި, ޙައްޖާޖީންނަށް އެކި ދާއިރާތަކުން އެ ދާއިރާތަކުގެ ކަމާ ގުޅުން ހުރި ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން ޙައްޖާ ގުޅޭ ދީނީ ކަންކަމާ ގުޅޭ ގޮތުން ޝެއިޚް މުއްތަލިބް ވަނީ ފިލާވަޅު ނަންގަވާދެއްވާފައެވެ. އަދި މެޑިކަލް ޓީމުގެ ފަރާތުން, ސިއްޙީ ކަންކަމާ ގުޅޭ ގޮތުން ފިލާވަޅު ނަގާދިންއިރު, މައްކާގައި އުޅޭއިރު ދިމާވެދާނެ ކަންކަމާ ގުޅޭ ގޮތުން ތަޖުރިބާހުރި ބޭފުޅުން ވަނީ ސެޝަންތަކެއް ނަންގަވާދެއްވާފައެވެ. އޭގެ އިތުރުން އިންޝްއަރެންސާ ގުޅޭ ގޮތުން އަމަނަ ތަކަފުލްގެ ބޭފުޅުންނާއި ސިމްއާ ގުޅޭ ގޮތުން އުރީދޫން ވެސް ވަނީ ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
ރޭގެ ތަމްރީން ޕްރޮގްރާމުގައި ޙައްޖު ކޯޕަރޭޝަންގެ އެމްޑީ, މުޙައްމަދު ޝަކީލްގެ އިތުރުން, އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފަހުންލިބުނީކިތައްކޯޓާތަ