ޚަބަރު

ބިލުގެ މަގުސަދާ މެދު ސުވާލުއުފައްދައި، ފަލަސްތީނު މައްސަލަ ސިޔާސީ ނުކުރަން ގޮވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަޙެޅި މަގުސަދާ މެދު ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރް ސުވާލު އުފައްދައިފިއެވެ.

Ads by Hajj Corporation

އިމިގްރޭޝަން ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. މީކާއިލް ވިދާޅުވެފައިވާ ގޮތުން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އެމްޑީޕީން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރާ އެންމެ ފުރަތަމަ މަސައްކަތެވެ.

ބިލު ހުށައެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމެވެ.

އެކަމާއި ގުޅިގެން ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ އެ ބިލުގައި ފަންނީ މައްސަލަތަކެއް އެބަހުރި ކަމަށެވެ. ޑުއަލް ސިޓިޒަންޝިޕް ނުވަތަ އިޒްރޭލުގެ ޕާސްޕޯޓެއް އޮތް މީހަކު އެހެން ގައުމެއްގެ ޕާސްޕޯޓެއްގައިވެސް ރާއްޖެ އެތެރެނުވެވޭނޭ ކަމަށް އެ ބިލުގައި ލިޔެފައިވާ މާއްދާއަށް އިޝާރާތްކުރައްވާ އާޒިމް ވިދާޅުވީ އެއީ ހާރިޖީ ސިޔާސަތުގެ މައްސަލައެއް ކަމަށާއި މަފްހުމަކީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުން ކަމަށެވެ.

އެއީ އިޒްރޭލު ޕާސްޕޯޓް ރާއްޖޭގައި ބަލައިނުގަތުން ކަމަށާއި ގާނޫނީ ފުރިހަމަ ހައްލުތަކަކަށްވުރެ، ހާރިޖީ ސިޔާސަތާއި، އިޒްރޭލުން ސަރުކާރުން ފަލަސްތީނާ މެދު ގެންގުޅޭ ސިޔާސަތުތަކާއި އަދި ފަލަސްތީނުގެ ރައްޔިތުންނާމެދު ކަންކުރާ ގޮތާ ބެހޭގޮތުން، ދިވެހި ސަރުކާރުން އަދި ދިވެހި ރައްޔިތުންދޭ ރައްދެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

“އެހެންކަމުން އެއްވެސް ހާލެއްގައި ޑުއަލް ސިޓިޒަންޝިޕް އޮތް މީހަކު އިޒްރޭލުގެ ޕާސްޕޯޓު ނޫން ޕާސްޕޯޓެއްގައި އެތެރެވުން މަނާކުރަންޖެހޭ ކަމެއްކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. ނޫނީ ރާއްޖެއަންނަ ކޮންމެ މީހަކުގެ އެހެން ޕާސްޕޯޓެއް އޮތްތޯ ބަލައި ހޯދޭނޭ ކަމަކަށްވެސް އަޅުގަނޑަކަށް ނުފެނެއެވެ" އާޒިމާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ރާއްޖެއަށް، އިޒްރޭލުގެ ޕާސްޕޯޓުގައި އަންނަ ފަތުރުވެރިން މަދުކަން ފާހަގަކޮށް އާޒިމާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީގެ ފުރިހަމަ އަގުލަބިއްޔަތު މަޖިލީހުގައި އޮވެފައި، އިޒްރޭލު ޕާސްޕޯޓުގައި މީހުން އެތެރެވުން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅާ، މިއަދު އެބިލް ހުށަހެޅުމުން އެކަމުގެ ސުވާލު އުފެދޭ ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންގެ ނިކަމެތި ހާލަކީ އަޅުގަނޑުމެންގެ ސިޔާސީ ގޮތުން ޖަހަން ގެންގުޅޭ ބޯޅައަކަށް ހަދައިގެން ނުވާނެއެވެ" ގައުމެއްގެ ހައިސިއްޔަތުން އެ މައްސަލާގައި އިހުލާސްތެރި ނިންމުމެއް ނިންމަން ޖެހޭ ކަމަށް އާޒިމާގެ ޕޯސްޓު ނިންމާލަމުން ވިދާޅުވިއެވެ.

Ads by HDC
  1. އަބްދޫ

    ސްޕަރ މެޖޯރިޓީ އޮވެގެން އެމްޑީޕީ ގެ މަޖިލިސް ހިނަގި އިރު ތިޔަ ޕާސްޕޯޓް މަނާނުކޮށްފަ މިހާރު ތިޔަ އުޅެނީ ކޮންގަނޑެއްގަންނަން. މިހާރު ތިޔަ އުޅެނީ މިސަރުކާރާއި ދެކޮޅަށް ޔޫރަޕް ތެދުވާނެގޮގެއްހޯދުމަށް ބާ؟ އެއްވެސް ޕާސްޕޯޓެއް ރާއްޖެއަށް މަނާނުކުރެވޭނެ. އިޒްރޭލު މީހުން ރާއްޖެއަށް އައުމުން އިމިގްރޭސަނެ ޓެކްސް ބޮޑުކޮށް ރެސޯޓްތަކުން ބެޑަނައިޓް އަގުބޮޑުކުރުން މައްސަލައެއްނޫން.އަދި އިޒްރާއީލުގަ އުފައދާތަކެތި ރާއްޖޭގަ ގެންގުޅުން މަނާކުރުން ރަނގަޅު. ޕާސްޕޯޓަކީ ހުރިހާގައުމަކަށް ހުއްދަ ލިއުމެއް ވީމާ އިޒްރާއީލް ޕާސްޕޯޓް މަނާކުރާނަމަ އެމެރިކާގެ ޕާސްޕޯޓް ވެސް މަނާކުރަންޖެހޭނެ. ފަލަސްތީނުގަ އަންހެނުންނާއި ކުޑަކުދިނަ މަރަމުންދަނީ އެމެރިކާއިން ބޭނުންވެގެން އެމެރިކާއިން ދިންހަތިޔާރުންކަންއެމެރިކާގެރައީސް އިއުތިރާފް ވެފަވޭ.އެމެރިކާ އެމްބަސީ މިގައުމުގަ ްކީއްވެ.