Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ޖިނާއީ ކުށްތައް ހުއްޓުވަން ލަންކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރަނީ

ޖިނާއީ ކުށްތައް ހުއްޓުވަން ލަންކާއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރަނީ

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޖިނާއި ކުށްތައް ހުއްޓުވުމަށް އެހީތެރިވެ އެއްބާރުލުން ދިނުމުގެ ގޮތުން ވެވޭ އެއްބަސްވުމެއް ގާއިމްކުރުމަށް ވަޒީރުންގެ މަޖިލީުން ނިންމާ، އެކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ހުށަހެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މަޖިލީހުން ރުހުން ހޯދަން ނިންމާފައިވާ އެއްބަސްވުމަކީ، "ޓްރީޓީ ބިޓްވީން ދަ ގަވަންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް" އެވެ.

Advertisement
Ooredoo — Truecaller (box)

މި އެއްބަސްވުމަކީ، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުމަށް ވެވޭ އެއްބަސްވުމެކެވެ.

އަދި މި އެއްބަސްވުމުގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި މި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2011 ވަނަ އަހަރުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް